ޞަލަފްގެ ރައީސް ‏ޝައިޚު ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް އާއި ޝައިޚް ޙުސެއިން ރަޝީދު އަޙްމަދު
ޞަލަފްގެ ރައީސް ‏ޝައިޚު ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް އާއި ޝައިޚް ޙުސެއިން ރަޝީދު އަޙްމަދު
ސަލަފް ޖަމިއްޔާ ވަނީ ލާދީނިއްޔަތަށް ވިކި ހުސްވެފައިކަމަށް އައްޝައިޚު ޙުސެއިން ރަޝީދު އަޙްމަދު ވިދާޅުވެއްޖެއެވެ.

ޖަމިއްޔަތުއް ޞަލަފްގެ ރައީސް ‏ޝައިޚު ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޝައިޚް ޙުސައިން ވިދާޅުވީ ޞަލަފާއި އެޖަމިއްޔާގެ ރައީސް ޢަބްދުﷲ ވަނީ ރައީސް ޔާމީންގެ ލާދީނިއްޔަތަށް ވިކި ހުސްވެފައި ކަމަށެވެ. އަދި އެމީހުންނަށް ހެވެއް ނުވިސްނޭނެ ކަމަށް ޝައިޚް ޙުސައިން ވިދާޅުވިއެވެ.

ހަމައެކަނި އިސްލާމީ ޝަރީޢަތް ކިޔެވުމަށްފަހު، ޤާނޫނީ ތަޢުލީމް އުނގެނިފައިނުވާ ފަރާތްތަކަށް ރާއްޖޭގައި ވަކާލާތުނުކުރެވޭ ގޮތަށް ބާ ކައުންސިލުން ނިންމި ނިންމުމަކީ ރާއްޖެއިން އިސްލާމީ ޝަރީޢަތް ފުހެލުމަށް ދުރު މުސްތަޤުބަލަކަށް އަމާޒު ކޮށްގެން އެމްޑީޕީ ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ އަސާސީ ބިންގަލެއްކަމަށް ޝައިޚު ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ވަނީ ވިދާޅުވެފައެވެ.

ޝައިޚު ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމްގެ ވާހަކަތަކަށް ރައްދުދެއްވައި ޝައިޚު ޙުސެއިން ރަޝީދު އަޙްމަދު ވިދާޅުވީ ޖަމްޢިއްޔަތުއްސަލަފާއި އެ ޖަމްޢިއްޔާގެ ރައީސް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް މިހާރު ހުންނެވީ ދީނީގޮތުން ހައްދުފަހަނައަޅާ ގޮސް ހަތަރުއުދަރެސް ބެދިފައި ކަމަށެވެ.

"ތިޔަބުނާ ޖަމްޢިއްޔަތުއްސަލަފު ހެދީ ޢަދާލަތު ޕާޓީ އުފެއްދުމުން ޑިމޮކްރަސީއާއި ޕާޓީ ސިސްޓަމް ސިޔާސަތު ޚިލާފުވާތީ. މިހާރު ސަލަފުން ތިޔަ ހިނގަނީ ކޮންމަގަކުންބާއޭ އަޅުގަނޑުގެ ސުވާލަކީ." ޝައިޚު ޙުސެއިން ރަޝީދު ވިދާޅުވިއެވެ.



ޝައިޚު ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ވިދާޅުވީ މިއަދު ހިތާމަޔަކީ އިސްލާމީ ޝިޢާރު ބީވެގެންދާއިރު ދީނީ ޢިލްމުވެރިންގެ މައްޗަށް އެކުލެވިގެންވާ ޢަދާލަތު ޕާޓީ ވެސް އެމްޑީޕީގެ ލާދީނީ ސިޔާސަތުތަކާމެދު ވަރިހަމަވެފައިވާކަން ކަމަށެވެ. އޭގެ އިތުރުން ޝައިޚު ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ވަނީ ޖުޑިޝަރީ އިސްލާހުުކުރުމާއި އަނިޔާވެރިކަން ނައްތައިލުމުގެ ޝިޢާރު އުފުލަމުންދިޔަ ބޭނުން ރައީސް ޞާލިޙްގެ ވެރިކަމުގައި އެހެރަ ދަނީ ކަޝްފުވަމުންކަމަށް ވިދާޅުވެފައެވެ.

ދާދިފަހުން މަދީނާ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން އިސްލާމީ ޝަރީޢާގެ ދާއިރާއިން ޑިގުރީ ޙާޞިލުކުރި ދެ ދަރިވަރުންނަށް ޤާނޫނީ ވަކީލުކަމުގެ ހުއްދަ ނުދިނުމަށް ބާ ކައުންސިލުން ނިންމި ނިންމުމާ ދެކޮޅަށް ދީނީ އިލްމުވެރިން ގެންދަވަނީ އަޑުއުފުއްލަވަމުންނެވެ. އޭގެ ތެރޭގައި އަދާލަތު ޕާޓީ ވުޖޫދު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހަންމަދު ޝަހީމް އަލީ ސަޢީދު ވެސް ހިމެނިވަޑައިގަންނަވައެވެ.



ކިޔުންތެރިންގެ ހިޔާލު