ލިކުއިޑް ގޯލްޑަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ 6 މިލިއަނަށް ވުރެ ގިނަ ރުފިޔާ 10 ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށް ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ ލިކުއިޑް ގޯލްޑަންގެ ފަރާތުން ފެނަކައަށް ފޯރުކޮށްދީފައިވާ މުދަލާއި ހިދުމަތްތަކުގެ އަގަށްވާ 9.4 މިލިއަން ރުފިޔާ ހޯދުމަށް އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގެ ތެރެއިން، މަދަނީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް ދެ ފަރާތަށް 30 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
ދެ ފަރާތުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު، ލިކުއިޑް ގޯލްޑަންއިން ހުށަހެޅި 27 އިންވޮއިސްގެ ތެރެއިން 21 އިންވޮއިސްއަކަށް ވާ 6 މިލިއަން ރުފިޔާއަކީ ފެނަކައިން ދައްކަންޖެހޭ ފައިސާކަމަށް އެ ކުންފުނިން ވަނީ އިއުތިރާފުވެފައެވެ. މިކަމާ ގުޅިގެން ފެނަކައިން 18 ޑިސެމްބަރު 2025 ގައި ޝަރީއަތަށް ބަޔާން ހުށަހެޅި ނަމަވެސް، އެ ފައިސާ ދައްކާނެ ވަކި މުއްދަތެއް ފެނަކައިން ބަޔާންކޮށްފައެއް ނުވެއެވެ.
އެހެންކަމުން، ފެނަކައިން އެއްބަސްވެފައިވާ ފައިސާގެ ބަޔަށް ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމެއްނެތި ހުކުމްކޮށްދިނުމަށް އެދި ލިކުއިޑް ގޯލްޑަންއިން މިދިޔަ މާޗް މަހުގެ 16 ވަނަ ދުވަހު ކޯޓަށް ހުށަހެޅިއެވެ. އެ ކުންފުނިން އެދިފައިވަނީ އެއްބަސްވި 6 މިލިއަން ރުފިޔާ 10 ދުވަހުގެ ތެރޭގައި ދެއްކުމަށް އަމުރުކޮށްދިނުމަށާއި، ބާކީ ހުރި ފައިސާއާ މެދު ގޮތެއް ކަނޑައަޅައިދިނުމަށެވެ.
މި ހުށަހެޅުމާ ގުޅިގެން ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ، 6 މިލިއަން ރުފިޔާއަކީ ފެނަކައިން ލިކުއިޑް ގޯލްޑަންއަށް ދައްކަންޖެހޭ ފައިސާކަން އެ ކުންފުނީގެ އިއުތިރާފުން ސާބިތުވާ ކަމަށެވެ. އެހެންކަމުން، ހުކުމް ކުރި ދުވަހުން ފެށިގެން ރަސްމީ ބަންދު ދުވަސްތައް ހިމެނޭހެން 10 ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދައްކައި ހަލާސްކުރުމަށް ފެނަކައިގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު