މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ "އިތުބާރު" ކެމްޕޭނުގެ ފޯރިގަދަ ބޮޑު ޖަލްސާއެއް މި މަހުގެ 14 ވާ ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މި ޖަލްސާއަކީ މީކާއިލްގެ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން މާލޭގައި ބާއްވާ އެންމެ ބޮޑު އެއް ހަރަކާތަށް ވާއިރު، މި ޖަލްސާގައި އެމްޑީޕީގެ އާންމު މެންބަރުންނާ މީކާއިލް ބައްދަލުކުރައްވައި، ޕާޓީ އިސްލާހުކުރުމަށާއި ކުރިމަގަށް ގެންގުޅުއްވާ ތަސައްވުރު ހާމަކުރައްވާނެއެވެ.
"އިތުބާރު" ކެމްޕޭން ޓީމުން ބުނި ގޮތުގައި، މި ޖަލްސާގައި މީކާއިލްގެ އިތުރުން ޕާޓީގެ އިސް ބައެއް ބޭފުޅުންނާއި އޭނާއަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެން ވާހަކަދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.
މީކާއިލްގެ ކެމްޕޭންގެ މައިގަނޑު އަމާޒަކީ ޕާޓީގެ އާންމު މެންބަރުންގެ އިތުބާރު އަލުން ހޯދައި، ވަކި ފެކްޝަނަކަށް ބުރަނުވެ ޕާޓީ އެކުލަވާލައި ވަރުގަދަކުރުމެވެ.
އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި މީކާއިލްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވާދަކުރައްވާއިރު، މި ޖަލްސާއަކީ މާލޭގެ ސަޕޯޓަރުންގެ ބާރު ދައްކާލުމަށް ބާއްވާ މުހިންމު ހަރަކާތެއްގެ ގޮތުގައި ބެލެވެއެވެ.
ކެމްޕޭން ޓީމުން ވަނީ އެމްޑީޕީގެ ވީހާވެސް ގިނަ މެންބަރުން މި ޖަލްސާގައި ބައިވެރިވުމަށް ދައުވަތު އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު