އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލާއި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އާ ދެމެދު ސޯޝަލް މީޑިއާގައި ބަހުގެ ހަމަލާތަކެއް ބަދަލުކުރެވި، އެކަމަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައި ވަނިކޮށް އެއީ ސިޔާސީ މަސައްކަތުގައި އޮންނަންޖެހޭ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވެއްޖެއެވެ.
މި ބަހުސާ ގުޅިގެން ފައްޔާޒް އިސްމާޢީލް މީސްމީޑިއާގައި ވިދާޅުވީ، ސިޔާސީ މަސްރަހުގައި ޚިޔާލުފާޅުކޮށް ބަހުސްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. "ޒުވާބު ނުކުރެވޭ ނަމަ ހުދުމުހްތާރު ވެރިކަމަކަށް ދާން ފަސޭހަ ވާނެ،" ފައްޔާޒް ވިދާޅުވިއެވެ.
ހަމައެއާއެކު ފައްޔާޒް ވިދާޅުވީ، މިއަދު ކޮންމެ މީހެއްގެ ފޯނުގައި މުޅި ދުނިޔެ އޮތްއިރު، ދައްކާ ވާހަކަތައް މުޅި ރާއްޖެއަށް ފެންނާނެ ކަމަށެވެ. އަދި އެ ބޭފުޅުންނަކީ އަބަދުވެސް ކަންކަން ހާމަކަން ބޮޑު ގޮތެއްގައި (ޓްރާންސްޕޭރަންޓްކޮށް) ކުރާ ބައެއް ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
މި މައްސަލައިގައި ވައްޑެ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފައްޔާޒާއި އޭނާއާ ދެމެދު ބަހުސްކޮށް ޒުވާބުކުރުމަކީ އާ ކަމެއް ނޫން ކަމަށެވެ. "އަޅުގަނޑުމެން ވާހަކަ ދައްކައި ބަހުސްކޮށް ޒުވާބުކޮށް އުޅޭތާ މިވީހާ ދުވަހެއްވީ. އެއީ އިއްޔެއަކު ފެށުނުކަމެއް ނޫން މާތްކަލާކޯ،" ވައްޑެ ވިދާޅުވިއެވެ.
ވައްޑެ އިތުރަށް ވިދާޅުވީ އޭނާ ފައްޔާޒަށް ތާއީދުކުރައްވަނީ ކަންކަމުގައި އަމިއްލަ ޚިޔާލެއް އޮވެގެން، ހަގީގަތަށް ތެދަށް އަދި ސާދާކޮށް ވާހަކަދައްކަވާތީ ކަމަށެވެ. އަދި ފައްޔާޒަކީ ކަންކަމުގައި ދެބަސްވާންވެސް ފަސޭހަ ބޭފުޅެއްގެ ގޮތުގައި ވައްޑެ ސިފަކުރެއްވިއެވެ.
މި ބަހުސް ފެށިގެން އައީ ކުރީގެ ސަރުކާރުން ކޯލިޝަނަށް މާބޮޑު ހިއްސާއެއް ދިންކަމަށް ބުނެ ވައްޑެ ކުރެއްވި ޕޯސްޓަކާ ގުޅިގެން ފައްޔާޒް ފާޑުވިދާޅުވުމުންނެވެ. ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ކުރީގެ ސަރުކާރާއި ޕާޓީ ބަލިކަށި ކޮށްލުމުގައި ވައްޑެ އިސް ދައުރެއް އަދާކުރެއްވި ކަމަށެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ ވައްޑެ އާއި ފައްޔާޒަކީ މިހާރު އެމްޑީޕީގެ އެއް ފެކްޝަނެއްގައި ތިއްބެވި ނަމަވެސް، އެކި މައުޟޫއުތަކުގައި ދެ ބޭފުޅުންގެ މެދުގައި ޚިޔާލުތަފާތުވުން އުފެދި، އާންމުކޮށް ބަހުގެ ހަމަލާތައް ބަދަލުކުރެވެއެވެ. މިކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކުގައި މިފަދަ ޚިޔާލުތަފާތުވުންތައް ހުރުމަކީ ދުޅަހެޔޮ ކަމެއް ކަމަށެވެ.

“މިއަދު ކޮންމެ މީހެއްގެ ފޯނުގަ މުޅި ދުނިޔެ އެ އޮތީ. މި ވާހަކަތައްވެސް މި ދައްކަނީ މުޅި ރާއްޖެ ކުރިމަތީ. އަޅުގަނޑުމެންނަކީ ޓްރާންސްޕޭރަންޓްކޮށް ކަންކަން ކުރާ ބައެއް
— Ibrahim Nafiz Chica (@iNafizChica) May 8, 2026
ޒުވާބު ނުކުރެވޭ ނަމަ ހުދުމުހްތާރު ވެރިކަމަކަށް ދާން ފަސޭހަ ވާނެ”
- @faya_i pic.twitter.com/xXhzceg2UL
މި މައްސަލައިގައި ވައްޑެ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފައްޔާޒާއި އޭނާއާ ދެމެދު ބަހުސްކޮށް ޒުވާބުކުރުމަކީ އާ ކަމެއް ނޫން ކަމަށެވެ. "އަޅުގަނޑުމެން ވާހަކަ ދައްކައި ބަހުސްކޮށް ޒުވާބުކޮށް އުޅޭތާ މިވީހާ ދުވަހެއްވީ. އެއީ އިއްޔެއަކު ފެށުނުކަމެއް ނޫން މާތްކަލާކޯ،" ވައްޑެ ވިދާޅުވިއެވެ.
ވައްޑެ އިތުރަށް ވިދާޅުވީ އޭނާ ފައްޔާޒަށް ތާއީދުކުރައްވަނީ ކަންކަމުގައި އަމިއްލަ ޚިޔާލެއް އޮވެގެން، ހަގީގަތަށް ތެދަށް އަދި ސާދާކޮށް ވާހަކަދައްކަވާތީ ކަމަށެވެ. އަދި ފައްޔާޒަކީ ކަންކަމުގައި ދެބަސްވާންވެސް ފަސޭހަ ބޭފުޅެއްގެ ގޮތުގައި ވައްޑެ ސިފަކުރެއްވިއެވެ.
މި ބަހުސް ފެށިގެން އައީ ކުރީގެ ސަރުކާރުން ކޯލިޝަނަށް މާބޮޑު ހިއްސާއެއް ދިންކަމަށް ބުނެ ވައްޑެ ކުރެއްވި ޕޯސްޓަކާ ގުޅިގެން ފައްޔާޒް ފާޑުވިދާޅުވުމުންނެވެ. ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ކުރީގެ ސަރުކާރާއި ޕާޓީ ބަލިކަށި ކޮށްލުމުގައި ވައްޑެ އިސް ދައުރެއް އަދާކުރެއްވި ކަމަށެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ ވައްޑެ އާއި ފައްޔާޒަކީ މިހާރު އެމްޑީޕީގެ އެއް ފެކްޝަނެއްގައި ތިއްބެވި ނަމަވެސް، އެކި މައުޟޫއުތަކުގައި ދެ ބޭފުޅުންގެ މެދުގައި ޚިޔާލުތަފާތުވުން އުފެދި، އާންމުކޮށް ބަހުގެ ހަމަލާތައް ބަދަލުކުރެވެއެވެ. މިކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކުގައި މިފަދަ ޚިޔާލުތަފާތުވުންތައް ހުރުމަކީ ދުޅަހެޔޮ ކަމެއް ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު