ސްރީލަންކާގެ ގާލީގައި ހުންނަ ކަރަޕިޓިޔާ ނޭޝަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ އުމުރުން 7 އަހަރުގެ ކުއްޖަކު، އަތުކުރީގަޑީގައި ބޭނުންކުރާ ބެޓެރިއެއް ދިރުވާލުމުގެ ސަބަބުން މަރުވެއްޖެއެވެ.
މި ހާދިސާގައި މަރުވެފައިވަނީ ވެލިގަމާ ސަރަހައްދުގެ ސްކޫލެއްގައި ގްރޭޑް 3 ގައި ކިޔަވަމުންދިޔަ ނެހާން ތަކްސަރަ ނަމަކަށް ކިޔާ ކުއްޖެކެވެ. މި ކުއްޖާ މަރުވީ ބެޓެރި ނެގުމަށް ކުރި އޮޕަރޭޝަނަށްފަހު ފަރުވާދެމުން ދަނިކޮށެވެ.
އެ ކުއްޖާގެ ބައްޕަ މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ދަރިފުޅު ބެޓެރިއެއް ދިރުވާލުމާ ގުޅިގެން ފުރަތަމަ އަމިއްލަ ޕްރައިވެޓް ހޮސްޕިޓަލަކަށް ދެއްކުމަށްފަހު، ފަހުން ކަރަޕިޓިޔާ ހޮސްޕިޓަލަށް ބަދަލުކުރި ކަމަށެވެ.
އެ ހޮސްޕިޓަލުން ވަނީ އޮޕަރޭޝަން ކޮށްގެން ކުއްޖާގެ ބަނޑުން ބެޓެރި ނަގާފައެވެ. އޭގެ ދެ ދުވަސް ފަހުން ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް، ބަނޑުގައި ރިއްސުމާއި ބުރަކަށީގައި ރިއްސާތީ އެ ކުއްޖާ ޝަކުވާ ކުރަމުން ދިޔަކަމަށާއި، އަދި ސްކޫލަށް ދިޔަ ދުވަހެއްގައި ލޭ ހޮޑުލުމުގެ ސަބަބުން އަލުން ހޮސްޕިޓަލަށް ގެންގޮސް އައި.ސީ.ޔޫގައި ފަރުވާދޭން ފެށިކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ހާދިސާގައި ކުއްޖާ މަރުވި ސަބަބެއް ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކަނީ ބެޓެރީގެ ސަބަބުން ކުއްޖާގެ ގޮހޮރުގެ މައި ނާރަކަށް ލިބުނު ގެއްލުމަކާ ގުޅިގެން އެތެރެހައްޓަށް ލޭ ފޭބުމެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު