އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހާމަކުރި ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ އެމެރިކާގެ މަނަވަރުތަކަކަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާތަކެއްގެ ރައްދުގައި، އީރާނުގެ އަސްކަރީ އަމާޒުތަކަށް އެމެރިކާ ސިފައިން "އަމިއްލަ ދިފާއުގައި" ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.
ސެންޓްކޮމް އިން ބުނި ގޮތުގައި މި ހަމަލާތަކަކީ އެމެރިކާގެ ނޭވީ ޑިސްޓްރޯޔަރުތަކަށް އެއްވެސް ޖެހިލުމެއް ނެތި، ކުރިން އެނގުމަކާ ނުލައި ދީފައިވާ ހަމަލާތަކަކަށް ދިން ރައްދެކެވެ.
މި ހަމަލާތަކާ ގުޅޭގޮތުން އެމެރިކާގެ އަސްކަރިއްޔާއިން އިތުރަށް ބުނެފައިވަނީ، މިއީ ސަރަހައްދީ ހަމަނުޖެހުން ބޮޑުކޮށް ހަނގުރާމައެއް ފެށުމަށް ދިން ހަމަލާތަކެއް ނޫން ކަމަށާއި، އެމެރިކާއިން އިތުރު ކުރިމަތިލުންތަކަކަށް ބޭނުންނުވާ ކަމަށެވެ.
ނަމަވެސް އެމެރިކާގެ ސިފައިންނާއި މަނަވަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށްވެސް ސެންޓްކޮމްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު މިހާރު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް ހިއްސާކުރާ މުހިންމު ސަރަހައްދަކަށް ވުމާއެކު، މި ކުރިމަތިލުންތަކުގެ ސަބަބުން ބައިނަލްއަގުވާމީ މާކެޓަށް އޭގެ އަސަރު ފޯރާފާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.
މި ހަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ ތަފްސީލު އަދި އެމެރިކާއިން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު