ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ރުފިޔާ ކާޑުތަކަށް މިހާރު ވެސް ދުވާލެއްގެ މައްޗަށް 1.33 މިލިއަން ޑޮލަރު ވިއްކަމުންދާ ކަމަށާއި، ބޭންކަށް ލިބޭ ޑޮލަރުގެ އާމްދަނީ އިތުރުވުމުން ކާޑުތަކުގެ ލިމިޓަށް ހެޔޮ ބަދަލުތަކެއް ގެންނާނެ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
ބީއެމްއެލްއިން މިކަން ހާމަކޮށްފައިވަނީ ރުފިޔާ ކާޑުތަކުން ކުރެވޭ ބޭރު ފައިސާގެ މުއާމަލާތްތަކުގެ ލިމިޓް މިފަހުން ކުޑަކުރުމާ ގުޅިގެން އާންމުންގެ ޝަކުވާތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ޚާއްސަކޮށް ސަބްސްކްރިޕްޝަންތަކަށާއި އޮންލައިން ވިޔަފާރިތަކަށް ކާޑު ބޭނުން ނުކުރެވޭ މައްސަލަ ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.
މި ކަމާ ގުޅޭގޮތުން ރާއްޖޭގެ އޮންލައިން މީޑިއާއަކަށް މަޢުލޫމާތު ދެއްވަމުން ބީއެމްއެލްގެ ތަރުޖަމާން މުޙައްމަދު ސައީދު ވިދާޅުވީ، ޑޮލަރުގެ ލިމިޓަށް ބަދަލު ގެންނަން ޖެހުނީ މެދުއިރުމަތީގެ މަސްރަހަށް އައި ބަދަލުތަކާ ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވެ، ބޭންކަށް ލިބޭ ބޭރު ފައިސާގެ މިންވަރު ދަށްވުމުން ކަމަށެވެ.
"ދިވެހި ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން ކުރާ މުއާމަލާތްތަކަށް މިހާރު ވެސް ދުވާލަކަށް 1.33 މިލިއަން ޑޮލަރު ބެންކުން ވިއްކަމުން އެބަދޭ. ޑޮލަރު ގަންނަން ލިބުމުގައި ހުރި ދަތިތަކަށް ބަލައި، ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ގެންގުޅޭ ނިޒާމުތައް އިތުރަށް މިވަނީ ހަރުދަނާކޮށްފައި،" ސައީދު ވިދާޅުވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ، ބައެއް ވެބްސައިޓްތަކުން ވިޔަފާރި ކުރުމަށް ބޭންކުން ކަނޑައަޅާފައިވާ ދުވާލުގެ ބަޖެޓް ހަމަވުމުން އެ ދުވަހަކު އެ ސައިޓްތަކުން އިތުރު މުއާމަލާތެއް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އެހެނިހެން ސައިޓްތަކުން ޚިދުމަތް ހޯދުމަށް ބުރުލެއް ނާރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ކާޑުގެ ލިމިޓް ހަމަވުމުން ބީއެމްއެލް އެޕް މެދުވެރިކޮށް މިހާރު ކަސްޓަމަރުންނަށް ނޮޓިފިކޭޝަން ފޮނުވަމުންދާނެއެވެ.
މި ބަދަލުތަކުގެ ސަބަބުން ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ދޫކޮށްފައިވާ ލިމިޓްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން ބޭންކުން ވަނީ ދީފައެވެ. އަދި ރާއްޖޭގައި ތިބި ބެލެނިވެރިންގެ ކާޑު ބޭނުންކުރާ ދަރިވަރުންނަށް 'ސްޓޫޑަންޓް ކާޑު' ހެއްދުމަށް ތިން މަސް ދުވަހުގެ މުހުލަތެއް ދީފައިވާ ކަމަށާއި، އެ މުއްދަތުގައި ބެލެނިވެރިންގެ ކާޑު ބޭނުންކުރެވޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.
ބީއެމްއެލްއިން އިތުރަށް ބުނީ، ރުފިޔާ ކާޑުތަކަށް ބަދަލު އައި ނަމަވެސް، ޑޮލަރު އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އެއްވެސް ލިމިޓަކާ ނުލައި މުއާމަލާތްތައް ކުރެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު