ސިޔާސީ ޕާޓީތަކުގެ އެންމެ މުހިންމު ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށްވީ ނަމަވެސް، މިހާރުގެ ސަރުކާރުން މަސައްކަތް ކުރަނީ ސިޔާސީ ޕާޓީތައް ހުއްޓުވައި އުވާލުމަށް ކަމަށް އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ތުހުމަތު ކުރައްވައިފިއެވެ.
ރާއްޖޭގެ މީޑިއާއަކުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ، އިދިކޮޅު ހަރަކާތްތައް ނުހުއްޓުވޭނަމަ މިނިވަން މުއައްސަސާތަކުގެ ވެރިން އިސްތިއުފާ ދޭންޖެހޭނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫން ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، ގާނޫނުތަކަށް ބަދަލު ގެނެސްގެން މިހާރު ހުރިހާ މިނިވަން މުއައްސަސާތަކެއް ވަނީ ޕީއެންސީގެ ޖަގަހަތަކުން ހިންގާ ތަންތަނަށް ބަދަލުކޮށްފައެވެ.
"އަޅުގަނޑުމެން މާ ބޮޑަކަށް ހާހެއްނުވޭ... ފަލާޙު، ސިޔާސީ ޕާޓީތަކުން މި ހިންގާ ހަރަކާތްތައް ހުއްޓުވަންޖެހޭނެ ކަމާއި... ނުބަލާ ކަމުގައި ވަންޏާ، މިނިވަން މުއައްސަސާތަކުގެ ތިއްބެވި ބޭފުޅުން އިސްތިޢުފާދެއްވަންޖެހޭނެ ކަމެއް ވިދާޅުވުން. އެއީ، މި ހުރިހާ މިނިވަން މުއައްސަސާތައް ވެސް މި އޮތީ ގާނޫނުން ބަދަލުކޮށްފައި،" ސަލީމް ވިދާޅުވިއެވެ.
މީގެ އިތުރުން ސަލީމް ފާހަގަކުރެއްވީ ސަރުކާރުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާ ވެސް ހިފަހައްޓަމުންދާ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުން ދައްކަނީ ސަރުކާރުން ހިންގާ ކޮރަޕްޝަނާއި ނޭދެވޭ ކަންކަމުގެ ވާހަކަ ކަމަށާއި، އެކަންކަން ހުއްޓުވުމަށް މުއައްސަސާތަކަށް ނުފޫޒު ފޯރުވުމަކީ ޑިމޮކްރަސީއާ ބީރައްޓެހި އަމަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ސަލީމް ވިދާޅުވީ، ފަލާހަކީ ވެރިކަން ކުރާ ޕާޓީގެ ތެރޭގައި "އަޅުވާފައި ހުރި ފަންޏެއް" ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. މާލެއާއި އަތޮޅުތެރޭގެ ރައްޔިތުންނަށް، ޚާއްޞަކޮށް ބޯހިޔާވަހިކަމުގެ މައްސަލައިގައި ފަލާހު މަލާމާތާއި ފުރައްސާރަ ކުރައްވާފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ.
"ރާއްޖޭގެ ރައްޔިތުން މި ފަހަރު ވޯޓު ދިނީ ހަތްދިހަ ޕަސެންޓުން ސަރުކާރަށް ނޫނެކޭ،" ދާދިފަހުން ބޭއްވި ބައި-އިލެކްޝަންތަކަށް އިޝާރާތް ކުރައްވައި ސަލީމް ވިދާޅުވިއެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނީ ފަލާހު ފަދަ ބޭފުޅުން ރައްޔިތުންގެ ނިކަމެތި ހާލަތަށް މަލާމާތް ކުރުމުގެ ސަބަބުންނެވެ.
މާޒް ސަލީމް މިފަދަ ބަހުގެ ހަމަލާތަކެއް ދެއްވާފައި މިވަނީ، އިދިކޮޅު ފަރާތްތަކުން މަގުމަތީގައި ހިންގާ ހަރަކާތްތަކަށް ފިޔަވަޅު ނާޅާނަމަ އިލެކްޝަންސް ކޮމިޝަނުގެ ވެރިން އިސްތިއުފާ ދޭންޖެހޭނެ ކަމަށް ވިދާޅުވެ، ފަލާހު އިންޒާރު ދެއްވާފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު