ސަރުކާރު ބޮޑުތަނުން ފެއިލްވެފައިވާ ކަމަށާއި، ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ރާއްޖޭގެ ދިގު ތާރީޚުގައި ރައްޔިތުން އެންމެ އަވަހަށް ފޫހިވި ރައީސްގެ ގޮތުގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސިފަކުރައްވައިފިއެވެ.
އަމީރު މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއިދު ހޯދުމަށް ބޭއްވި ޚާއްޞަ ހަފުލާއެއްގައި ވާހަކަދައްކަވަމުންނެވެ. ކުރީގެ މިިނިސްޓަރު އަމީރު ވިދާޅުވީ ރާއްޖޭގެ ކޮންމެ ދާއިރާއަކަށް ބަލާލި ކަމުގައި ވިޔަސް ފެންނަނީ ސަރުކާރު ބޮޑުތަނުން ފެއިލްވެފައިވާ މަންޒަރު ކަމަށެވެ.
"ރާއްޖޭގެ ކޮންމެ ސަރަހައްދަކަށް، ތައުލީމީ ދާއިރާއަށް، ސިއްހީ ދާއިރާއަށް، އިގްތިސާދީ އަދި އިޖްތިމާއީ ދާއިރާއަށް ބަލާލި ކަމުގައި ވިޔަސް ފެންނަނީ ބޮޑުތަނުން މި ސަރުކާރު ފެއިލްވެފައިވާ ތަން،" އަމީރު ވިދާޅުވިއެވެ.
އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ މި ސަރުކާރުގައި އިޤްތިޞާދީ ހުރިހާ މަސައްކަތެއް ހުއްޓިފައިވާ ކަމަށާއި، މިދިޔަ ދެ އަހަރު ތެރޭގައި ހަމައެކަނި ހިތްހަމަޖެހުމެއް އޮތީ ފަތުރުވެރިކަމުގެ ސިނާއަތުގައި ކަމަށެވެ. ނަމަވެސް މެދުއިރުމަތީގެ ހަނގުރާމައާއެކު އެ ސިނާއަތަށްވެސް ނުރައްކާ ކުރިމަތިވެ، ދުވާލަކު 1500 އާއި 2000 އާ ދެމެދުގެ ފަތުރުވެރިން ބުކިންތައް ކެންސަލް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ޤައުމީ އުފެއްދުންތެރިކަމާއި ސަރުކާރަށް ލިބޭ އާމްދަނީ ބޮޑުތަނުން ދަށްވަމުންދާ ކަމަށާއި، ތުރާކުނުން ފެށިގެން އައްޑޫއާ ހަމައަށް ތަރައްޤީގެ އެއްވެސް މަޝްރޫއެއް ކުރިއަށް ނުދާ ކަމަށް އަމީރު ތުހުމަތު ކުރެއްވިއެވެ.
ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެމް.އޭ.ސީ.އެލް މިއިން ޒަމާނަކު ސިޔާސީ ނުކުރާ މިންވަރަށް ސިޔާސީކޮށް، އެތަނުގައި ފަސާދަ އާންމުވެފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ. އަދި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އަށް ސަރުކާރުން ޖެއްސުންކޮށް، "މާލީ ބަޣާވާތެއް" ކަމަށް ބުނެ ފުލުހުންނާއި އޭސީސީ މެދުވެރިކޮށް ހިންގި އަމަލުތަކުގެ ސަބަބުން ބޭންކުގެ ސީ.އީ.އޯ ކާލް ސްޓަމްކޭ އިސްތިއުފާ ދޭންޖެހުނު ކަން އޭނާ ފާހަގަކުރެއްވިއެވެ.
"މި ފެންނަނީ ބީ.އެމް.އެލް ފެއިލްވާ ތަނެއް ނޫން، ސެންޓްރަލް ބޭންކުގެ ޒިންމާ ނުނެގިގެންދާ ތަން. ގަވަރުނަރު މިއޮތީ ބޮޑުތަނުން ފެއިލްވެފަ، ގަވަރުނަރު އެބަޖެހޭ އިސްތިއުފާ ދޭން،" އަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން އަމީރު ވިދާޅުވީ، މާޒީ ފަހާ ދުވުމުގެ ބަދަލުގައި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، އެމްޑީޕީ އަލުން ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އެމްޑީޕީގެ އަސްލު ފޯރި ގެނެސް، ވަރުގަދަ ކުރުމަށްޓަކައި ރައީސް ނަޝީދު އެމްޑީޕީގެ ހުންގާނުގައި ހުރުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު