އިދިކޮޅު ސިޔާސީ ޕާޓީތަކުން މަގުމަތީގައި ހިންގަމުންދާ ޣައިރު ގާނޫނީ ހަރަކާތްތަކަށް ފިޔަވަޅު އެޅުމުގެ ގާބިލުކަން ނެތް ނަމަ، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވެރިން މަގާމުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު އިންޒާރު ދެއްވައިފިއެވެ.
ފަލާހު މިހެން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ މުޒާހަރާތަކަކީ ގާނޫނާ ހިލާފު ކަންތައްތަކެއް ކަމަށް ބުނެ، އެކަންކަން ހުއްޓުވުމަށް ގޮވާލައި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ.
މަޖިލީހުގައި ވާހަކަ ދައްކަވަމުން ފަލާހު ވަނީ މިނިވަން މުއައްސަސާތަކުގެ، ހާއްސަކޮށް އިލެކްޝަންސް ކޮމިޝަނުގެ ޒިންމާދާރުކަމާ މެދު ވަރަށް ބޮޑަށް ސުވާލު އުފައްދަވާފައެވެ.
އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނު ބަޔާންކުރާ ގޮތުން، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބޭ ފަދަ ގޮތަކަށް ޕާޓީތަކުން އަމަލުކުރާނަމަ އެކަން ހުއްޓުވައި ފިޔަވަޅު އެޅުމަކީ ކޮމިޝަނަށް ލާޒިމް ކަމެކެވެ. ނަމަވެސް، މަގުމަތީގައި ހިންގާ މިފަދަ އަމަލުތައް ބަލައި ފިޔަވަޅު ނޭޅޭ ނަމަ، އެއީ އެ މުއައްސަސާގެ ފެއިލިއާއެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
ފަލާހުގެ ވާހަކައިގައި އިތުރަށް ބަޔާންކުރެއްވީ، މުއައްސަސާތައް އުފައްދާފައިވަނީ ވަކި މަގްސަދެއްގައި ކަމަށާއި، އެ މަގްސަދު ހާސިލުކޮށް ގާނޫނު ތަންފީޒު ކުރުމުގެ ހިތްވަރާއި ކުޅަދާނަކަން ކޮމިޝަނުގެ ވެރިންގެ ކިބައިގައި ހުންނަންޖެހޭނެ ކަމަށެވެ.
އެފަދަ ގާބިލުކަމެއް ނެތް ބަޔަކު މުއައްސަސާތަކުގެ އިސް މަގާމުތަކުގައި ތިބެގެން ނުވާނެ ކަމަށާއި، އެކަން ނުކުރެވޭނަމަ އަމިއްލަފުޅަށް އިސްތިއުފާ ދެއްވައި މަގާމުން ދުރުވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ސިޔާސީ ޕާޓީތަކުން އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ހިންގާ ހަރަކާތްތަކުގެ ސަބަބުން ގައުމުގެ ހަމަޖެހުމަށް ބުރޫ އަރަމުންދާ ކަމަށް ފާހަގަކުރައްވައި، ފަލާހު ވަނީ މިނިވަން މުއައްސަސާތަކުން އެ ފަރާތްތަކުގެ ގާނޫނީ ޒިންމާ ފުރިހަމައަށް އަދާކުރުމަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު