ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް، އޭނާގެ ކެމްޕޭން ދަތުރުފުޅުތައް ރާއްޖޭގެ އެކި ހިސާބުތަކަށް ފުޅާކުރައްވައިފިއެވެ.

"އިތުބާރު" ކެމްޕޭން ޓީމާ އެކު މީކާއިލް މިހާރު ވަނީ ރާ އަތޮޅަށާއި ބާ އަތޮޅަށް ރަސްމީކޮށް ދަތުރުފުޅު ފަށްޓަވައިފައެވެ.

މި ދަތުރުފުޅުތަކުގެ މައިގަނޑު މަގްސަދަކީ އެ އަތޮޅުތަކުގެ ރަށްރަށުގައި ތިބި އެމްޑީޕީގެ އާންމު މެންބަރުންނާ ބައްދަލުކޮށް، ޕާޓީ އިތުރަށް ހަރުދަނާކުރުމަށް ގެންގުޅުއްވާ ތަސައްވުރު ހިއްސާކުރުމެވެ.

މި ދަތުރުގެ ތެރެއިން މީމު އަދި ބާ އަތޮޅުގެ އެކި ރަށްރަށަށް ޒިޔާރަތްކޮށް، ޕާޓީގެ ހަރަކާތްތެރި މެންބަރުންނާ ބައްދަލުކުރައްވައި އެ މެންބަރުންގެ ހުރި ކަންބޮޑުވުންތައް މީކާއިލް އޮޅުންފިލުއްވާނެއެވެ.

މީކާއިލްގެ "އިތުބާރު" ކެމްޕޭން ޓީމުން ބުނާ ގޮތުގައި، މި ދަތުރުތަކުން ފެނިގެންދަނީ ޕާޓީގެ ގޮފިތައް އަލުން ދިރުވައި، އާންމު މެންބަރުންގެ ބައިވެރިވުން ބޮޑު ޕާޓީއަކަށް އެމްޑީޕީ ހެދުމަށް މީކާއިލް ކުރައްވާ މަސައްކަތަށް އޮތް ތަރުހީބެވެ.

ކުރިއަށް އޮތް ޗެއާޕާސަން އިންތިހާބަށް ފޯރިއާއެކު ކެމްޕޭން ކުރިއަށްދާއިރު، މީކާއިލް އަންނަނީ ޕާޓީގެ ހިންގުން ޒަމާނީކޮށް، ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ދެމެހެއްޓުމަށް ވަައުދުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު