މަރަދޫ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ދީދީ (ޑީޑީ) އެމްޑީޕީގެ ކުރިމަގާ މެދު ކުރައްވާ އުންމީދުތައް ހިއްސާކުރައްވަމުން، ޕާޓީގެ ލީޑަޝިޕަށް މީކާއީލް ނަސީމް ގެނައުމަށް ބާރުއަޅުއްވައިފިއެވެ.
ދީދީ ވިދާޅުވި ގޮތުގައި، ވިހި އަހަރަށްފަހު ޕާޓީގެ ލީޑަޝިޕް އައު ޖީލަކަށް ބަދަލުކުރުމަކީ މިވަގުތު ނިންމަންޖެހިފައިވާ އެންމެ މުހިންމު ނިންމުމެވެ.
އަދި މީކާއީލަށް ވޯޓު ދީގެން އޭނާ ހޮވަންޖެހޭ ސަބަބަކީ، އެމްޑީޕީއަކީ ހަގީގީ އެމްޑީޕީގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި މީކާއީލަކީ އެންމެ އެކަށީގެންވާ ކެންޑިޑޭޓްކަން ހާމަކުރައްވަމުން ދީދީ ވިދާޅުވީ، ހުރިހާ ދިވެހި ރައްޔިތުންނާއި އެމްޑީޕީގެ ސިޔާސީ ލީޑަރުން ގޮވައިގެން ކުރިއަށްދެވޭނެ ގާބިލުކަން އޭނާގެ ކިބައިގައި އެބަހުރި ކަމަށެވެ.
ޕާޓީގެ އެތެރޭގެ އިންތިޚާބުގައި މީކާއީލަށް ތާއީދުކުރައްވަމުން، އޭނާއަކީ ޕާޓީއަށް ބޮޑު ބަދަލެއް ގެނެސްދޭނެ އަދި އުންމީދުތައް ހާސިލުކޮށްދޭނެ ފަރާތެއް ކަމަށްވެސް ދީދީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު