އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަމުންދަނީ ވެރިކަން ކުރާ ޕީއެންސީގެ އެކްޓިވިސްޓުންތަކެއް ފަދައިން ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު އެކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ، ގާނޫނުއަސާސީގެ 167 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ މިނިވަން މުއައްސަސާއެއްގެ ސިފަ މިއަދު އިލެކްޝަންސް ކޮމިޝަނުން ނުފެންނަ ކަމަށެވެ.
އެގޮތުން 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ސިޔާސީ ޕާޓީތަކުން ވެރިކަން ކުރަމުން އަންނައިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރު އުފެދިގެން އައީވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ ދެކޮޅަށް މާލޭގެ މަގުމަތީގައި ސިލްސިލާ މުޒާހަރާތަކެއް ކޮށްގެންކަން ޖަމީލް ފާހަގަކުރެއްވިއެވެ. ނަމަވެސް މިއަދު އެ ކޮމިޝަނުގައި ތިއްބެވީ މި ނިޒާމުގެ ފައިދާއިން ވަޒީފާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ޖަމީލް އިތުރަށް ވިދާޅުވީ، ގާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ކުރިން ހުއްދަ ހޯދުމަކާ ނުލައި މުޒާހަރާކުރުމުގެ އަސާސީ ހައްގު ފުޅާކުރުމަށް ވަކާލާތުކުރާ ތަނަކަށް އިލެކްޝަންސް ކޮމިޝަން ވާންޖެހޭނެ ކަމަށެވެ. އަދި ސިޔާސީ ހުރިހާ ޕާޓީތަކަކާ މެދު އެއް ހަމައަކުން އަމަލުކުރަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޕީއެންސީން އާންމުންނަށް ދަތިވާ ގޮތަށް ގިނަ ހަރަކާތްތަކެއް ހިންގަމުންދާއިރު ކޮމިޝަނުން އެކަމާ މެދު ހިމޭނުން އޮންނާތީ ޖަމީލް ވަނީ ސުވާލު އުފައްދަވާފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު އިސްތިއުފާ ދެއްވާފައިވާކަން ފާހަގަކުރައްވަމުން ޖަމީލް ވިދާޅުވީ، އެއީ ރައީސް މުއިއްޒުގެ ނުފޫޒުގެ ދަށުން ހިންގާ ނޭދެވޭ ކަންކަމާ ދެކޮޅަށް އެޅުއްވި ފިޔަވަޅެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި ސިޔާސީ ހަރަކާތްތަކަށް ޖާގަ ނުދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ކޮމިޝަނުން ބައިވެރިވުމަކީ ރައްޔިތުންގެ ކުރިމަތީގައި އެ މުއައްސަސާގެ ގަދަރާއި އިހްތިރާމް ގެއްލިގެންދާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޖަމީލް ވިދާޅުވީ، ރާއްޖޭގެ މިނިވަން މީޑިއާތަކާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަނޑުވާލުމަށް ރައީސް މުއިއްޒު ކުރައްވާ މަސައްކަތްތައް ސިޔާސީ ވެރިންނަށް ސާފުވާ ކަމަށެވެ. އަދި ގައުމުގެ ހާލަތު ދަށަށްދާއިރު ރައްޔިތުން އަޑުއުފުލާނެ ކަމަށާއި، އެ ހަގީގަތް ގަބޫލުކުރަން އިލެކްޝަންސް ކޮމިޝަނަށް މަޖުބޫރުވާނެ ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

މިއަދު މިފެންނަނީ މިނިވަން އިލެކްޝަން ކޮމިޝަން ގއ ގެ 167ގެ ( ށ) ގައި ވާފަދައިން ވުޖޫދުގައި ނެތް މަންޒަރު. ފެންނަނީ ޕީއެންސީގެ އެކްޓިވިސްޓުންގޮތަށް ކަމިޝަން އުޅޭމަންޒަރު. މިގޮތުން ބަލާއިރު؛
— Mohamed Jameel Ahmed (@MJameelAhmed) May 5, 2026
1. 2008 ން ފެށިގެން ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކުން ވެރިކަން ކުރަމުން އަންނައިރު މިހާރު… https://t.co/l1o4bPC01K
އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު އިސްތިއުފާ ދެއްވާފައިވާކަން ފާހަގަކުރައްވަމުން ޖަމީލް ވިދާޅުވީ، އެއީ ރައީސް މުއިއްޒުގެ ނުފޫޒުގެ ދަށުން ހިންގާ ނޭދެވޭ ކަންކަމާ ދެކޮޅަށް އެޅުއްވި ފިޔަވަޅެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި ސިޔާސީ ހަރަކާތްތަކަށް ޖާގަ ނުދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ކޮމިޝަނުން ބައިވެރިވުމަކީ ރައްޔިތުންގެ ކުރިމަތީގައި އެ މުއައްސަސާގެ ގަދަރާއި އިހްތިރާމް ގެއްލިގެންދާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޖަމީލް ވިދާޅުވީ، ރާއްޖޭގެ މިނިވަން މީޑިއާތަކާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަނޑުވާލުމަށް ރައީސް މުއިއްޒު ކުރައްވާ މަސައްކަތްތައް ސިޔާސީ ވެރިންނަށް ސާފުވާ ކަމަށެވެ. އަދި ގައުމުގެ ހާލަތު ދަށަށްދާއިރު ރައްޔިތުން އަޑުއުފުލާނެ ކަމަށާއި، އެ ހަގީގަތް ގަބޫލުކުރަން އިލެކްޝަންސް ކޮމިޝަނަށް މަޖުބޫރުވާނެ ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު