ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް އެ ގައުމުގައި ތިބެގެން ދިވެހި ޕާސްޕޯޓާއި އައިޑީ ކާޑު ހެއްދޭނެ އިންތިޒާމު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވައިފިއެވެ.
މި ހިދުމަތް ފައްޓަވައިދެއްވީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ކޮލަމްބޯގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ހިދުމަތް ފެށުމާއެކު، މިއަދުން ފެށިގެން ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ދިވެހި އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ހިދުމަތް ލިބޭނެ އެވެ. މިއީ ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިންނަށް އެނބުރި ރާއްޖެ ނައިސް، މި ހިދުމަތްތައް ފަސޭހަކަމާއެކު ހޯދުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.
މިކަމާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ޕާސްޕޯޓުގެ ހިދުމަތްތައް ހޯދުމުގައި މިކަމުގެ ސަބަބުން އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބޭރު ގައުމެއްގައި އައިޑީ ކާޑާއި ޕާސްޕޯޓް ހެއްދުމުގެ ހިދުމަތް ދޭން ފަށާފައިވަނީ މީގެ އަހަރެއްހާ ދުވަސް ކުރިން އޭޕްރީލް 28، 2025 ގައި މެލޭޝިޔާގައެވެ.
ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން ދިރިއުޅޭ ގައުމުތަކުން މިފަދަ އަސާސީ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސެވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އަމާޒެކެވެ. މިއަދު ލަންކާގައި މި ފެށުނު ހިދުމަތަކީ އެ ސިޔާސަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު