ދަނޑުވެރިކަމާއި ޕޯލްޓްރީގެ ބޭނުމަށް ދޫކޮށްފައި އޮތް ގދ. ކާށިހުޅުދޫ (ކައުޓިހުޅުދޫ)، ރައީސް ޞާލިޙްގެ ސަރުކާރުން އަތުލާފައިވަނީ އެއްބަސްވުމާ ހިލާފަށް ކަމަށް ކަނޑައަޅައި، އެ މައްސަލައިގައި ދައުލަތުން ބަދަލުދޭން ޖެހޭނެ ކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ. މި ހުކުމާއެކު، އެ މައްސަލައިގައި މީގެ ކުރިން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުން ވަނީ ބާތިލްކޮށްފައެވެ.
ސަނީ ފާމް ކިޔާ ކުންފުންޏަކަށް ކުކުޅު ގެންގުޅެ، ގަސްކާނާ އުފެއްދުމުގެ މަސައްކަތް ކުރުމަށް 28 އޮކްޓޫބަރު 2013 ގައި ސަރުކާރުން ކާށިހުޅުދޫ 21 އަހަރަށް ކުއްޔަށް ދޫކޮށްފައި ވަނިކޮށް، އެ ރަށް ރައީސް ޞާލިޙްގެ ސަރުކާރުން އަތުލީ 23 އޮގަސްޓު 2020 ގައެވެ. ސަރުކާރުން އޭރު އެ ރަށް އަތުލީ އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް އެ ކުންފުނިން ކުރަމުން ނުދާ ކަމަށް ބުނެއެވެ. ނަމަވެސް ސަނީ ފާމުން ބުނަމުންދިޔައީ މަސައްކަތްތައް ކުރިއަށް ނުގެންދެވުނީ އެ ރަށުގައި ތިންވަނަ ފަރާތެއް އުޅެމުންދާތީ، ރަށުގެ ކޮންޓްރޯލް ފުރިހަމައަށް ލިބިފައި ނުވުމުގެ ސަބަބުން ކަމަށެވެ.
މި މައްސަލައިގައި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 4.8 މިލިއަން ޑޮލަރު ހޯދަން ސަނީ ފާމުން ސިވިލް ކޯޓަށް ހުށަހެޅިއެވެ. އެއީ ސީދާ ގެއްލުމުގެ ގޮތުގައި ލިބިފައިވާ 321،009 ޑޮލަރު (4.9 މިލިއަން ރުފިޔާ) އާއި، ގެއްލިފައިވާ އޮޕޮޗިއުނިޓީ ކޮސްޓްއަށް ޖެހޭ 4.5 މިލިއަން ޑޮލަރު (69.8 މިލިއަން ރުފިޔާ) އާއެކު ޖުމްލަ 74.7 މިލިއަން ރުފިޔާއެވެ.
އެހެންނަމަވެސް، ސިވިލް ކޯޓުން ހުކުމް ކުރީ ސަރުކާރުން ރަށް އަތުލީ އެއްބަސްވުމާ ހިލާފަށް ނޫން ކަމަށެވެ. އެ ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ރަށުގައި ތިންވަނަ ފަރާތެއް އުޅޭތީ މަސައްކަތަށް ހުރަސްއެޅޭ ކަމަށް ކުންފުނިން ބުނި ނަމަވެސް، އެފަދަ ހާލަތެއްގައި އަމަލުކުރަން އެއްބަސްވުމުގައި ކަނޑައަޅާފައިވާ އިޖުރާއާތުތައް ކުންފުނިން ފުރިހަމަކޮށްފައި ނުވާ ކަމަށެވެ. އަދި ގެއްލުމުގެ ބަދަލަށް އެދުނު އަދަދަކީ ކިހިނެއް ވާސިލްވި އަދަދެއްކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށްވެސް ސިވިލް ކޯޓުން ބުނެފައިވެއެވެ.
ސިވިލް ކޯޓުގެ އެ ނިންމުން ސަނީ ފާމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، މައްސަލަ ބެލުމަށްފަހު ހައިކޯޓުން އާދިއްތަ ދުވަހު ކުރި ހުކުމުގައި ވަނީ ދައުލަތުން އެއްބަސްވުން ބާތިލްކޮށްފައިވަނީ ގާނޫނީ ހަމަތަކުގެ ބޭރުން، އެއްބަސްވުމާ ހިލާފަށް ކަމަށެވެ.
ހައިކޯޓުގެ ހުކުމުގައި ސަނީ ފާމަށް މިވަގުތު ވަކި އަދަދެއްގެ ބަދަލެއް ނަގައިދީފައެއް ނުވެއެވެ. އޭގެ ބަދަލުގައި ކޯޓުން ކަނޑައެޅީ، އެއްބަސްވުން ގޯސްކޮށް ބާތިލް ކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ޝަރީއަތަށް ހުށަހެޅުމުގެ ހައްގު ސަނީ ފާމަށް ލިބިގެންވާ ކަމަށެވެ. އެހެންކަމުން، ބަދަލު ހޯދުމަށް ދައުލަތާ ދެކޮޅަށް އަލުން ދައުވާ ކުރުމުގެ ފުރުސަތު މިހާރު އެ ކުންފުންޏަށް ވަނީ ހުޅުވިފައެވެ.
ސަނީ ފާމްސް އަކީ ބްރިޓިޝް ވާޖިން އައިލެންޑްސްގައި ރަޖިސްޓްރީކޮށްފައިވާ 'ގްރީން އެގްރޯ ލިމިޓެޑް' ނަމަކަށް ކިޔާ ބޭރުގެ ކުންފުންޏަކުން، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު