ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ބަރުދަން ލުއިކުރުމަކީ ހަމައެކަނި "ސިއްހަތަށް ރަނގަޅު" ކާނާ ކެއުމެވެ. ނަމަވެސް، ވަރަށް ގިނަ ފަހަރަށް ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ސިއްހަތަށް ފައިދާހުރި ކާނާ ކާ މީހުންގެ ބަރުދަން ވެސް ހީނުކުރާ މިންވަރަށް އިތުރުވަމުންދާ މައްސަލައަކީ މިއަދު ގިނަ ބަޔަކު ކުރާ ޝަކުވާއެކެވެ.
މީގެ އެންމެ ފާހަގަކޮށްލެވޭ އެއް މިސާލަކީ ސުރްބީ ގުޕްތާ ނަމަކަށް ކިޔާ އަންހެނެއްގެ ވާހަކައެވެ. އޭނާ އަކީ ބޭރުގެ ކާނާއާއި ފޮނި އެއްޗެހި ދޫކޮށްލައި، މުޅިން ވެސް "ހެލްތީ" ކާނާއަށް ބަދަލުވި މީހެކެވެ. ނަމަވެސް އޭނާގެ ބަރުދަން ލުއިވުމުގެ ބަދަލުގައި ދިޔައީ އިތުރުވަމުންނެވެ.
މިކަމާ ގުޅޭގޮތުން ސިއްހީ މާހިރުން ފާހަގަކުރާ އެންމެ ބޮޑު އެއް ސަބަބަކީ "ޕޯޝަން ކޮންޓްރޯލް" ނުވަތަ ކާ މިންވަރު ބެލެހެއްޓުމުގައި ފަރުވާކުޑަވުމެވެ. ކާނާއަކީ ސިއްހަތަށް ކިތަންމެ ފައިދާހުރި އެއްޗަކަށް ވިޔަސް، އެއިން ހަށިގަނޑަށް އެތެރެވާ ކެލޮރީގެ މިންވަރު ގިނަވާނަމަ ބަރުދަން އިތުރުވާނެއެވެ. މިސާލަކަށް ކަދުރު، ބަދަން، އަދި އެވޮކާޑޯ ފަދަ ތަކެއްޗަކީ ސިއްހަތަށް ވަރަށް ފައިދާހުރި ތަކެތި ނަމަވެސް، މިއީ ކެލޮރީ ވަރަށް މަތީ މިންވަރަކަށް އެކުލެވޭ ތަކެއްޗެވެ. "ހެލްތީ" އެއްޗެއް ކަމަށް ބަލައި މާ ގިނައިން މިފަދަ ތަކެތި ކެއުމަކީ ބަރުދަން އިތުރުވާ މައިގަނޑު ސަބަބެކެވެ.
ދެވަނަ ސަބަބަކީ "ހެލްތީ" ކަމަށް ބުނެ ވިއްކާ ބައެއް ބާވަތްތަކުގައި ފޮރުވިފައި ހުންނަ މާއްދާތަކެވެ. ބާޒާރުން ގަންނަން ލިބޭ ގްރެނޯލާ ބާސް، މުސްލީ، އަދި ފްލޭވަރޑް ޔޯގަޓް ފަދަ ތަކެއްޗަކީ ސިއްހީ ގޮތުން ރަނގަޅު ތަކެތި ކަމަށް އިޝްތިހާރު ކުރި ނަމަވެސް، އޭގައި ގިނަ އަދަދަކަށް ހަކުރާއި ސަރުބީ އެކުލެވިގެންވެއެވެ. ހަމައެއާއެކު، ސެލެޑް ފަދަ ތަކެތި ކާއިރު ބޭނުންކުރާ ޑްރެސިންތަކަކީ ވެސް ބަރުދަން އިތުރުވުމަށް މަގުފަހިވާ އެއްޗެކެވެ. ގިނަ ފަހަރަށް ސެލެޑުން ލިބޭ ފައިދާއަށްވުރެ، އޭގެ މައްޗަށް އަޅާ ސޯސްތަކުން ލިބޭ ކެލޮރީ މާ ގިނަވެގެންދެއެވެ.
ބަރުދަން އިތުރުވުމުގައި ހަމައެކަނި ކެއުމުގެ އިތުރުން ދިރިއުޅުމުގެ އެހެން އާދަތައް ވެސް މުހިންމު ދައުރެއް އަދާކުރެއެވެ. ނިދި މަދުވުމާއި، ނަފްސާނީ ގޮތުން ބޮޑެތި ފިއްތުންތަކާ ކުރިމަތިވުމަކީ ހަށިގަނޑުގެ މެޓަބޮލިޒަމަށް ބަދަލު އަންނަ ކަންކަމެވެ. ސްޓްރެސްވުމުން ހަށިގަނޑުގައި އުފެދޭ "ކޯޓިޒޯލް" ހޯރމޯންގެ ސަބަބުން ބަނޑު ހިސާބުގައި ސަރުބީ ޖެހުމަށް މަގުފަހިވެއެވެ. މީގެ އިތުރުން، ދުވާލުގެ ބޮޑު ބައި އިށީނދެގެން އިނުމާއި، ހަށިގަނޑު ހަރަކާތްތެރިވާ މިންވަރު މަދުވުމަކީ ވެސް "ހެލްތީ" ކާނާ ކެއުމުގެ ނަތީޖާ ނުފެންނަ ސަބަބުތަކެވެ.
ސިއްހީ ބައެއް މައްސަލަތަކަކީ ވެސް ބަރުދަން ކޮންޓްރޯލް ކުރުމަށް ހުރަސްއަޅާ ކަންކަމެވެ. މިސާލަކަށް ތައިރޮއިޑް މައްސަލަތަކާއި، އަންހެނުންނަށް ދިމާވާ ޕީ.ސީ.އޯ.އެސް ފަދަ ހޯރމޯނަލް މައްސަލަތަކުގެ ސަބަބުން ކިތަންމެ ރަނގަޅަކަށް ކެއުން ބެހެއްޓިޔަސް ބަރުދަން ލުއިކުރަން އުނދަގޫވެއެވެ. އެހެންކަމުން، ބަރުދަން އިތުރުވާ ސަބަބު ނޭނގޭނަމަ ލޭގެ ޓެސްޓެއް ހަދައި، ސިއްހީ ބަލިމަޑުކަމެއް ހުރިތޯ ބެލުމަކީ މުހިންމު ކަމެކެވެ.
ހަމައެކަނި ކާ އެއްޗެއްގެ ބާވަތަށް ބެލުމުގެ ބަދަލުގައި، ކާ މިންވަރަށާއި، ކާ ވަގުތަށާއި، އަދި ދިރިއުޅުމުގެ ޖުމްލަ އާދަކާދަތަކަށް ސަމާލުކަން ދޭންޖެހޭ ކަމެވެ. ބަރުދަން ލުއިކުރުމަކީ އެއް ފަހަރާ ކުރެވޭ ކަމެއް ނޫނެވެ. އެއީ ދެމެހެއްޓެނިވި ގޮތެއްގައި ކެއުމާއި ކަސްރަތު އަދި ނިދި އެއްހަމައެއްގައި ހިފަހައްޓައިގެން ހާސިލުކުރެވޭނެ ކަމެކެވެ. "ހެލްތީ" ކާނާ ކެއުމަކީ ފެށުމެކެވެ. ނަމަވެސް އޭގެ ފުރިހަމަ ނަތީޖާ ފެންނާނީ ބުއްދިވެރިކަމާއެކު އެ ކާނާ ބޭނުން ކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު