ސިޔާސީ ޕާޓީތަކުން ޢަމަލުކުރަންޖެހޭ ޤާނޫނީ އިމުގެ ތެރެއިން ބޭރުވެ، ތަކުރާރުކޮށް ޤާނޫނާ ޚިލާފުވަމުންދާނަމަ ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމުގެ ހަރުކަށި އިންޒާރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީ.އެން.އެފް) އަށް ދީފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ޅ) އާ ޚިލާފަށް، އެހެން ޤާނޫނަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި، މަގުތަކާއި ޢާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ ޢާންމު ބައްދަލުވުންތަކާއި ޙަރަކާތްތައް ބޭއްވުމަކީ ސިޔާސީ ޕާޓީތަކުން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފު ކަމެއް ކަމަށެވެ. އަދި ސިޔާސީ ޙަރަކާތްތަކާއި އެއްވުންތައް ބޭއްވުމުގައި "ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު" ގައި ހުއްދަކުރާ ދާއިރާގެ ތެރެއިން ޢަމަލުކުރުމަކީ ޤާނޫނުން ލާޒިމްކޮށްފައިވާ ކަމެއްކަންވެސް އެ ކޮމިޝަނުން ފާހަގަކުރިއެވެ.
މީގެ އިތުރުން، ސިޔާސީ ޕާޓީއެއްގެ މެންބަރުން ނުވަތަ އެޕާޓީއަކަށް ތާއިދުކުރާ ބަޔަކު އެހެން ޕާޓީއަކުން ހިންގަމުންގެންދާ ބައްދަލުވުމަކަށް ހުރަސްއެޅޭފަދަ ޢަމަލެއް ކުރުމަކީ މަނާކަމެއް ކަމަށް އީސީން ބުނެފައިވެއެވެ. އަދި އެއް ޕާޓީއަކުން ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި، އެއް ވަގުތަކާ ދިމާކޮށް އެހެން ޕާޓީއަކުން ބައްދަލުވުމެއް ބާއްވަން މަސައްކަތްކުރުމަކީ ސިޔާސީ ޕާޓީގެ ޤާނޫނުގެ ސުލޫކީ މިންގަނޑާ ކަނޑައެޅިގެން ޚިލާފު ޢަމަލުތަކެއް ކަމަށްވެސް ބަޔާނުގައިވެއެވެ.
އީސީން ހާމަކުރި ގޮތުގައި، ޕީ.އެން.އެފް އިން ސިލްސިލާކޮށް ބާއްވާ އެއްވުންތަކާއި ހިންގާ ޙަރަކާތްތަކުގައި ޤާނޫނާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ކުރަމުންދާކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ. އެހެންކަމުން، އެފަދަ ޢަމަލުތައް ނުހިންގުމަށް ނަސޭޙަތްތެރިވެ އެކަން އެޕާޓީއަށް މިހާރު އަންގާފައިވާ ކަމަށްވެސް ކޮމިޝަނުން ބުނެއެވެ. މިކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮމިޝަނަށް ޙާޟިރުވުމަށް ޕީ.އެން.އެފް އަށް ދަޢުވަތު ދީފައިވީނަމަވެސް، އެޕާޓީން އެކަމަށް އުޒުރުވެރި ވެފައިވާކަން އީސީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ، އިސްވެ ބަޔާންކުރެވުނު ޤާނޫނާ ޚިލާފު ޢަމަލުތައް ތަކުރާރުވާނަމަ، ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން އެޕާޓީއާ މެދު އަޅަންޖެހޭ ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު