މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް| ރަސް އޮންލައިން
މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް| ރަސް އޮންލައިން
އއ. މާޅޮހުގައި އުމުރުން ދުވަސްވީ މީހަކު ނިދާފައި އޮއްވާ ރަހުމުކުޑަ ގޮތަކަށް މަރާލި މައްސަލައިގެ ޝަރީއަތުގެ މައްސަލަ ބައްލަވާ ފަނޑިޔާރު ބަދަލުވުމާ ގުޅިގެން މިއަދު އަލުން ކްރިމިނަލް ކޯޓުގައި މައްސަލައިގެ ޝަރީޢަތް ފަށައިފިއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު އއ. މާޅޮހު، އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން އާދަމް މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ އެ ރަށަށް ނިސްބަތްވާ ތިން ޒުވާނުންގެ މައްޗަށެވެ. އެއީ އަހްމަދު އާޝިދު (ފިޔަ)، މުޙައްމަދު ވިސާމް (ލިލީފެހި) އަދި އަހުމަދު ފާރިސް (ފިނިވާގެ) އެވެ. މި ތިން މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.

މި މައްސަލަ ކުރިން ބައްލަވަމުން ގެންދެވި ފަނޑިޔާރު އިސްމާއިލް ޝަފީއު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމާ ގުޅިގެން، މިހާރު މައްސަލަ ބައްލަވަނީ ފަނޑިޔާރު އަހްމަދު ނިޔާޒެވެ. މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރު ވަނީ މައްސަލަ ކުރިއަށްގެންދާނީ އިބުތިދާއީ މަރުހަލާ އިން ފެށިގެން ކަމަށް ނިންމަވާފައެވެ. އެއާއެކު ދައުލަތުން ވަނީ ތިން މީހުންގެ މައްޗަށް ކުރާ ދައުވާތައް އަލުން އިއްވާފައެވެ.

ދައުލަތުން އާޝިދުގެ މައްޗަށް ކުރަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ވިސާމް އަދި ފާރިސްގެ މައްޗަށް ކުރަނީ ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. ދައުވާ އިއްވަމުން ދައުލަތުން ބުނީ، އަބްދުއްރަހުމާން އޭނާގެ ގޭގައި ނިދާފައި އޮއްވާ، މި ތިން މީހުން ގެއަށް ވަދެ އޭނާގެ ބޮލަށް ހަމަލާދީ މަރާލާފައިވާ ކަމަށެވެ.

ދައުލަތުގެ ދައުވާތަކަށް ޖަވާބުދާރީވުމަށް ލިބުނު ފުރުސަތުގައި ދިފާއީ ވަކީލުން ވިދާޅުވީ، މައްސަލައާ ގުޅުންހުރި ޑީއެންއޭ ރިޕޯޓުތައް އަދިވެސް ލިބިފައިނުވާ ކަމަށެވެ. އަދި ދައުލަތުން ބުނެފައިވަނީ، މި މައްސަލައިގެ ސައިންޓިފިކް ތަހުލީލުތަކުގެ ރިޕޯޓުތައް އަދިވެސް ނިމިފައިނުވާ ކަމަށްވެ.

އަބްދުއްރަހުމާންގެ އާއިލާއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި، މި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހުންނަކީ ވެސް މަރުވި އަބްދުއްރަހުމާނާ އެއްވެސް ޒާތީ ހަސަދައެއް ނުވަތަ މައްސަލައެއް އޮތް ބައެއް ނޫނެވެ. އަދި އެއީ އާންމުކޮށް ރަށު ތެރެއިން ބައްދަލުވެ ވާހަކަދައްކައި އުޅޭ ބައެއް ކަމަށްވެސް އާއިލާއިން ފާހަގަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު