ފަޅު ހިއްކުމާއި ފަޅު ފުންކުރުމުގެ މަޝްރޫޢުތައް ހިންގުމުގައި ދޫކޮށްފައިވާ ހުއްދަތަކާއި އުސޫލުތަކާ ޚިލާފަށް މަސައްކަތް ކުރާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެންވަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދީފިއެވެ.
އީޕީއޭ އިން މިކަން ހާމަކުރީ ރާއްޖޭގެ އެކި އަތޮޅުތަކުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫޢުތަކާ ގުޅިގެން ތިމާވެށްޓަށް ލިބޭ ގެއްލުންތަކާ މެދު ގިނަ އަދަދެއްގެ ޝަކުވާ އެ އޮތޯރިޓީއަށް ލިބެމުންދާތީ ނެރުނު ބަޔާނެއްގައެވެ.
އީޕީއޭގެ ބަޔާނުގައި ބުނީ، ގިނަ މަޝްރޫޢުތަކެއްގައި ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމައަށް އަޅަމުން ނުދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި، ހިއްކުމުގެ މަސައްކަތުގެ ސަބަބުން ފަޅުތެރޭގައި އުފެދޭ ސެޑިމެންޓޭޝަން ފެތުރުން ކުޑަކުރުމަށް ބޭނުންކުރަންޖެހޭ ބަންޑްވޯލް އާއި ސިލްޓް ސްކްރީން ފަދަ ވަސީލަތްތައް ޤާއިމް ނުކޮށް މަސައްކަތް ކުރުން ހިމެނެއެވެ.
މީގެ އިތުރުން، ހުއްދަ ދީފައިވާ ސަރަހައްދުތަކުން ބޭރުން ވެލި ނެގުމާއި، މޫސުން ގޯސްވެ ރީނދޫ ސަމާލު ނެރެފައިވާ ވަގުތުތަކުގައިވެސް މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. މިކަންކަމާ ގުޅިގެން އީޕީއޭ އިން ވަނީ ކޮންމެ މަޝްރޫޢަކަށްވެސް ފާސްކޮށްފައިވާ އީއައިއޭ (ތިމާވެށްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު) ގައިވާ ކަންކަން ފުރިހަމައަށް ތަންފީޒު ކުރުމަށް އަންގާފައެވެ.
އެގޮތުން ވެލިނަގާ ސަރަހައްދު، މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކުގެ ހައުސް ރީފުން ފެށިގެން މަދުވެގެން 500 މީޓަރު ދުރުގައި ބެހެއްޓުމާއި، ފަރުތަކާއި ނާޒުކު ތިމާވެށި ހިމެނޭ ސަރަހައްދުތަކާ ދުރުން ކަނޑައެޅިފައިވާ ޑްރެޖަރ ރޫޓުތައް ބޭނުންކުރުމާއި، މޫސުމީ ރީނދޫ ސަމާލު ނެރެފައިވާ ވަގުތުތަކުގައި ވެލި ނެގުމާއި ހިއްކުމުގެ މަސައްކަތް މެދުކަނޑާލުން ހިމެނެއެވެ.
އީޕީއޭ އިން އިތުރަށް ބުނީ، އެ އެޖެންސީއަށް ހުށަހެޅޭ ޝަކުވާތައް ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ކަނޑައެޅިފައިވާ ޤަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާ މެދު ލަސްނުކޮށް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މި ފިޔަވަޅުތަކުގެ މަގްސަދަކީ ތަރައްޤީގެ މަޝްރޫޢުތައް ހިންގާއިރު ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކުރުން ކަމަށް އެ އޮތޯރިޓީގެ ބަޔާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު