ޖަރުމަނުވިލާތުގައި ތިބި އެމެރިކާގެ އަސްކަރިއްޔާގެ 5،000 ސިފައިން ކުރިއަށް އޮތް 6 މަހާއި 12 މަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި އެ ގައުމުން ބޭލުމަށް އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން) އިން ނިންމައިފިއެވެ. ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސީދާ އެންގެވުމަކަށް ނިންމި މި ނިންމުމާ ގުޅިގެން، އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ އިސް މެންބަރުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.
އެމެރިކާގެ މި ނިންމުމަކީ އެޓްލާންޓިކް ހުރަސްކޮށް އޮންނަ ސަލާމަތީ ގުޅުންތަކާމެދު އައު ސުވާލުތަކެއް އުފެދުނު ކަމެކެވެ. ވޮޝިންޓަނާއި ބާލިންއާ ދެމެދު ސިޔާސީ ގުޅުން ގޯސްވެފައިވާ މި ދަނޑިވަޅުގައި މިފަދަ ފިޔަވަޅެއް އެޅީ، އީރާނާމެދު އެމެރިކާގެ ސިޔާސަތުތަކަށް ޖަރުމަނުގެ ޗާންސެލަރ ފްރީޑްރިކް މާޒް ފާޑު ވިދާޅުވުމާ ގުޅިގެންނެވެ. އެގޮތުން އީރާނުގެ ލީޑަރޝިޕްގެ ކުރިމަތީގައި އެމެރިކާ "ލަދުގަންނަންޖެހިފައިވާ" ކަމަށް މާޒް ސިފަކުރެއްވުމުން، ޓްރަމްޕް ވަނީ އެކަމަށް ރައްދުދެއްވައި، ސިފައިން ބޭލުމުގެ ވިސްނުން ގެންގުޅުއްވާކަން މާގިނަދުވަސްތަކެއް ނުވެ ހާމަކުރަށްވާފައެވެ.
ނޭޓޯއިން ބުނީ މި ނިންމުން ނިންމާފައިވަނީ އެ ޖަމާއަތާ ދުރާލައި އެކަށީގެންވާ މަޝްވަރާކުރުމެއް ނެތި ކަމަށެވެ. ނޭޓޯގެ ތަރުޖަމާނު އެލިސަން ހާޓް ވިދާޅުވީ، މި ނިންމުމުގެ ތަފްސީލު ދެނެގަތުމަށް އެމެރިކާއާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. ބައިނަލްއަޤުވާމީ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، އެމެރިކާއިން އެކަނި މިފަދަ ނިންމުމެއް ނިންމުމުން، ޔޫރަޕްގެ ބައިވެރިންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ.
ޖަރުމަނުގެ އޮފިޝަލުން މި ނިންމުން ސިފަކުރެއްވީ ކުރިންވެސް ލަފާކުރެވުނު ކަމެއްގެ ގޮތުގައެވެ. އަދި މިއީ ޔޫރަޕްގެ ދިފާއީ ޤާބިލުކަން އިތުރުކުރަންޖެހޭ ކަމުގެ ހެއްކެއް ކަމަށް އެގައުމުން ބުނެއެވެ. ޖަރުމަނުގެ ދިފާއީ ވުޒާރާއިން ބުނީ ނޭޓޯގެ ތެރޭގައި ޔޫރަޕްގެ ބައިވެރިވުން މިހާރަށްވުރެ ވަރުގަދަކުރަންޖެހޭ ކަމަށެވެ. މިހާރުވެސް ޖަރުމަނުގައި އެމެރިކާގެ ގާތްގަނޑަކަށް 40،000 ސިފައިން ތިބެއެވެ. ނަމަވެސް މި ނިންމުމުގެ ސަބަބުން ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.
އޭގެ ތެރޭގައި ޖަރުމަނުގައި ތިބި އާމީ ބްރިގޭޑް ކޮމްބެޓް ޓީމެއް ބޭލުމާއި، ދުރު ރާސްތާގެ އާޓިލަރީ ފައުޖެއް ޤާއިމުކުރުމަށް އޮތް ރޭވުން އުވާލުން ހިމެނެއެވެ. މީގެ އިތުރުން، ޔޫރަޕްގައި ތިބޭ އެމެރިކާ ސިފައިންގެ އަދަދު، ކޮންގްރެސްއިން ކަނޑައަޅާފައިވާ 76،000 އަށްވުރެ ދަށަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. މިއީ ރަޝިޔާއާ ދެކޮޅަށް އޮންނަ ދިފާއީ ބާރު ކުޑަވެދާނެތީ، އެމެރިކާގެ ދެ ޕާޓީގެ މެންބަރުންވެސް ކަންބޮޑުވާ ކަމެކެވެ.
ސިފައިންގެ އިތުރުން، ހަތިޔާރު ފޯރުކޮށްދިނުމުގައި ދިމާވާ ލަސްތަކާ ގުޅިގެންވެސް ޔޫރަޕްގެ ގައުމުތަކުން ތިބީ ނުތަނަވަސްކަމެއްގައެވެ. އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގައި ހުސްވި ހަތިޔާރުގެ ސްޓޮކް އަލުން ފުރުމަށް އިސްކަންދޭތީ، އިނގިރޭސިވިލާތާއި، ޕޮލެންޑް އަދި ބޯލްޓިކް ޤައުމުތަކަށް ހަތިޔާރު ލިބުން ލަސްވާނެ ކަމަށް ޓްރަމްޕްގެ ސަރުކާރުން ވަނީ އިންޒާރުދީފައެވެ. ނަމަވެސް، ހަމަ އެވަގުތު އިޒްރޭލާއި، ގަތަރު، ކުވައިތު އަދި ޔޫއޭއީ ފަދަ މެދުއިރުމަތީގެ ޤައުމުތަކަށް 8.6 ބިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ހަތިޔާރު ވިއްކުމަށް ވޮޝިންޓަނުން ވަނީ ހުއްދަދީފައެވެ.
މި ނިންމުމަކީ އެމެރިކާއާއި ޔޫރަޕާ ދެމެދު އޮތް ގުޅުން ހީނަރުވަމުންދާ ކަމުގެ ނިޝާނެކެވެ. އީރާނާ ދެކޮޅަށް އެމެރިކާއިން އިސްވެ ކުރާ ހަނގުރާމައިގައި ބައިވެރިވުމަށް ނޭޓޯގެ ޤައުމުތަކުން ވަނީ ދެކޮޅު ހަދާފައެވެ. ޖަރުމަނުން ބައެއް އެހީތެރިކަން ދިނުމަށް ހުށަހެޅި ނަމަވެސް، އެއީ ބައިނަލްއަގުވާމީ ހުއްދައަކާއެކު ހަނގުރާމަ ހުއްޓާލުމަށް ކުރާ ޝަރުތެއްގެ މަތިންނެވެ.
އީރާނުގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތްތައް ހުއްޓިފައިވާއިރު، އިޒްރޭލުން ލުބުނާނުގެ ދެކުނަށް ދެމުންދާ ވައިގެ ހަމަލާތަކުގެ ސަބަބުން ސަރަޙައްދުގެ މަސްރަހު ވަނީ އިތުރަށް ގޯސްވެފައެވެ. ޖަރުމަނުން ސިފައިން މަދުކުރުމަށް ޕެންޓަގަނުން ނިންމި ނިންމުމަކީ ސިޔާސީ ގޮތުން ދިން އިންޒާރެއްގެ އިތުރުން، ނުރައްކާތެރި އިޝާރާތެއް ކަމަށް ވޮޝިންޓަނުގެ ގިނަ ބަޔަކު ދެކެއެވެ. މީގެ ސަބަބުން ދުޝްމަނުންނަށް ދޭ ބިރުވެރިކަން ކުޑަވެ، އިއްތިހާދު ބަލިކަށިވެގެންދާނެ ކަމުގެ އިންޒާރު މުހައްލިލުން ދަނީ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު