އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަހުމަދު މުބީން
އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަހުމަދު މުބީން
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ރީޖަނަލް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އާރްއޭސީއެލް) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން އައްޔަން ކޮށްފިއެވެ.

އެމްޓީސީސީން މިއަދު ވަނީ މުބީން އެ ކުންފުންޏާ ގުޅިވަޑައިގަތުމުން މަރުހަބާ ދަންނަވައި، އެކަން ރަސްމީކޮށް އިއުލާނުކޮށްފައެވެ. މުބީން މީގެ ކުރިން ހުންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުގައި ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ.

މުބީން އާރްއޭސީއެލްގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވީ، އެ ކުންފުނީގެ މަސައްކަތްތައް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އެމްއޭސީއެލް) އާ އެއްކޮށްލުމުގެ މަރުހަލާ ކުރިއަށް ދަނިކޮށެވެ.

އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުންފުނީގެ މެނޭޖްމަންޓަށް ގެނެވުނު މި އާ ބަދަލާއެކު، ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާވެ، ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތަކަށް ބަދަލުތައް ގެންނަމުން މިދަނީ، މިދިޔަ މަހު ބޭއްވުނު ކައުންސިލް އިންތިޚާބަށްފަހު ސަރުކާރުގެ ކުންފުނިތަކުގެ ހިންގުމަށް ގެންނަމުންދާ ބޮޑެތި ބަދަލުތަކުގެ ތެރެއިންނެވެ. އެގޮތުން ފަހަކަށް އައިސް ބައެއް ކުންފުނިތަކުގެ އިސްވެރިން ބަދަލުކޮށް، އާ މެނޭޖްމަންޓްތަކެއް އެކުލަވައިލުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު