މިއަހަރުގެ އަޟްހާ އީދުވެސް، މިދިޔަ އަހަރުތަކެކޭ އެއްފަދައިން ރާއްޖޭގެ ތިން ރަށެއްގައި ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.
މިކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ދިވެހިބަހާ ސަގާފަތާ ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދެވެ. ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ގައުމީ ފެންވަރުގައި އީދު ފާހަގަކުރާނެ ތިން ރަށެއް ކަނޑައެޅުމަށްޓަކައި ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް މިހާރު ދައުވަތު ފޮނުވާފައިވާ ކަމަށެވެ.
"މިއަހަރުގެ އަޟްހާ އީދުވެސް އެހެން އަހަރުތަކެކޭ އެއްފަދައިން ރާއްޖޭގެ 3 ރަށެއްގައި ގައުމީ ފެންވަރުގައި ފާހަގަކުރުމަށްޓަކައި ވާނީ ނިންމާފައި. އަދި މިހާރު ވަނީ ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް އެކަމާ ގުޅޭގޮތުން ޕްރޮޕޯސަލް ހުށަހެޅުމަށް ލިޔުން ފޮނުވާފައި،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މިއަދު ކަމަށް ބެލެވެއެވެ. އަދި ކައުންސިލްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓުކޮށް، އޭގައި ހުރި ކަންތައްތަކަށް ބެލުމަށްފަހު، މިނިސްޓްރީގެ ޓީމުން އީދު ފާހަގަކުރާނެ ތިން ރަށް ކަނޑައަޅާނެއެވެ.
އީދު ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދާނެ ގޮތުގެ މިންގަނޑުތަކެއް ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ. އެގޮތުން ކޮންމެ ރަށެއްގައިވެސް ކުރިއަށް ގެންދަންޖެހޭ ޕްރޮގްރާމުތަކާއި، އީދު ފާހަގަކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކާއި، އިސްކަންދޭންޖެހޭ މުހިންމު އުސޫލުތައް ކައުންސިލްތަކާ ހިއްސާކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މުޅި ރާއްޖޭގައިވެސް އީދު ފާހަގަކުރަމުންދާއިރު، ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، ދިވެހިވަންތަކަމާއި ސަގާފީ ރީތި ހަރަކާތްތަކާއެކު ހުރިހާ ރަށެއްގައިވެސް އީދުގެ އުފާވެރިކަން ފެނިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމްށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން އަންނަނީ ދިވެހި ސަގާފަތާއި އިސްލާމީ އާދަކާދަތަކާ އެއްގޮތަށް އީދު ފާހަގަކުރުމަށް ބޮޑު އިސްކަމެއް ދެމުންނެވެ. އެގޮތުން މިދިޔަ ފިތުރު އީދުގައިވެސް ރާއްޖޭގެ ގިނަ ރަށްތަކެއް ވަނީ ކުލަގަދަކޮށް ދިއްލާލައި، އީދުގެ ފޯރި ގަދަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު