ދިވެހި ވިޔަފާރިވެރިންނަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރާއްޖެއަށް އެތެރެކުރާ މުދާ ބޭރުގެ ބަނދަރުތަކުގައި، ހާއްސަކޮށް ސްރީލަންކާގެ ޕޯޓުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ތާށިވެފައި ހުރުމެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖެއަށް ގެނައުމަށްޓަކައި ޓްރާންސިޓް ކުރެވިފައިވާ 2،000 އަށްވުރެ ގިނަ ކޮންޓެއިނަރު އަބަދުވެސް ލަންކާގެ އެކި ބަނދަރުތަކުގައި ހުރެއެވެ.
މިކަމުގެ ސަބަބުން ރާއްޖެ އަށް މުދާ އެތެރެކޮށް ވިޔަފާރިކުރަމުންދާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، ބޮޑެތި ވިޔަފާރި ތަކަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހި، ބާޒާރުގައި މުދަލުގެ އަގު އިންތިހާއަށް އުފުލުމުގެ މަގުފަހިވަމުންދާކަން ފާހަގަކުރެވެއެވެ.
މި މައްސަލައިގެ އަސްލަށް ބަލާއިރު، ލަންކާ ފަދަ ޕޯޓުތަކުން ކޮންޓެއިނަރުތައް ރާއްޖެއަށް ފޮނުވުން ލަސްވަނީ މާލޭގެ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމާއި، މުދާ ބޭލުމުގެ ދުވެލި މަޑުވުމުގެ ސަބަބުންނެވެ.
ސިންގަޕޫރާއި ކޮލަމްބޯ ފަދަ ސަރަހައްދީ ބޮޑެތި ބަނދަރުތަކަކީ 24 ގަޑިއިރުގެ ތެރޭގައި ބޯޓުފަހަރުން މުދާ ބާލާ، އަލުން ބަރުކޮށް ފުރުވާލުމުގެ ގާބިލުކަން ހުރި ތަންތަނަށް ވީނަމަވެސް، މާލޭ ބަނދަރުގައި ބޯޓުފަހަރު ކިއޫގައި ގިނަ ދުވަހު އޮންނަން ޖެހުމަކީ ޝިޕިންގް ލައިންތަކުން މުދާ އުފުލުމަށް ފަސްޖެހޭ ސަބަބެކެވެ.
މީގެ އިތުރުން، ބަނދަރުގައި ބޯޓު އޮންނަންޖެހޭ މުއްދަތާއި އެކަމަށް ހިނގާ ޚަރަދު ވިޔަފާރީގެ އުސޫލުން ބަލާއިރު ދެކޮޅުނުޖެހޭތީ، މުދާ ރާއްޖެއަށް ގެނައުމުގައި ނުތަނަވަސްކަން އުފެދެއެވެ.
މިކަމުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީއަށްވެސް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ.
މުދާ ކްލިއަރކުރުން ލަސްވުމަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އާއި ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ އާމްދަނީ އާއި ޖީ.އެސް.ޓީގެ މިންވަރު ދަށްވެގެންދާ ކަމެކެވެ. އިގްތިސާދީ ދުވެލި ހަލުވިކުރުމަށްޓަކައި ބަނދަރުގެ އޮޕަރޭޝަންތައް ހަރުދަނާކޮށް، މުދާ ބޭލުމުގެ ނިޒާމު މިހާރަށްވުރެ އަވަސްކުރުމަކީ ދައުލަތުގެ ޚަޒާނާއަށްވެސް އޭގެ ފައިދާ ކުރާނެ ކަމެކެވެ.
ވިޔަފާރިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މޫސުމީ މުދަލާއި މުއްދަތު ހަމަވާ މުދާ ލަސްވުމުގެ ސަބަބުން ލިބޭ ގެއްލުމެވެ. މިސާލަކަށް، ރޯދަމަހަށް ހާއްސަކޮށްގެން ގެންނަ ކާބޯތަކެއްޗާއި ކަދުރު ފަދަ ތަކެތި، ރޯދަމަސް ނިމޭފަހުން ލިބުމަކީ އެ މުދަލުގެ ވިޔަފާރީގެ އަގު މުޅިން ގެއްލިގެންދާ ކަމެކެވެ.
އަދި ވާރޭވެހޭ މޫސުމުގައި ބަނދަރުތަކުގައި ހާމައަށް މުދާ ހުރުމުގެ ސަބަބުން ތަކެތި ހަލާކުވުމާއި، ބޭނުންނުކުރެވޭ ފެންވަރަށް ދިއުމަކީ އާންމު ކަމެކެވެ.
ކާބޯތަކެއްޗަކީ ވަކި މުއްދަތެއްގެ ތެރޭގައި ބޭނުންކުރަންޖެހޭ އެއްޗެއްކަމުން، ބަނދަރުގައި ހޭދަވާ ކޮންމެ ދުވަހަކީ ވިޔަފާރިވެރިޔާއަށް އެ މުދާ ވިއްކަން ލިބޭ މުއްދަތު ކުރުވެ، ގެއްލުމާ ގާތްވާ ދުވަހެކެވެ.
މި މައްސަލައަށް އޮތް ހައްލަކީ އެއްވެސް ފަރާތަކަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި، މާލޭ ބަނދަރުގެ އިންފްރާސްޓްރަކްޗަރ ތަރައްގީކޮށް، މުދާ ބޭލުމުގެ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ޒަމާނީ ކުރުމެވެ.
ބަނދަރުގެ ހިންގުން ހަރުދަނާކޮށް، ކޮންޓެއިނަރުތައް އަވަހަށް ކްލިއަރ ކުރެވޭނެ އިންތިޒާމެއް ގާއިމުކުރުމަކީ ވިޔަފާރިވެރިންގެ އިތުބާރު ބޮޑުވެ، މުދަލުގެ އަގު ހެޔޮވެ، ގައުމުގެ އިގްތިސާދަށް އޭގެ ދިރުން ލިބިގެންދާނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު