ގެއްލުނު ކުއްޖާ އަރާމުގައި ނިދާފައި
ގެއްލުނު ކުއްޖާ އަރާމުގައި ނިދާފައި
ތުރުކީގައި ގެއްލިގެން ހޯދަމުންދިޔަ ދެ އަހަރުގެ ފިރިހެން ކުއްޖަކު، 10 ގަޑިއިރަށްވުރެ ގިނަ އިރުވީ ފަހުން ގަދަނިދީގައި އޮތްވާ ފެނިއްޖެއެވެ.

މި ކުއްޖާ ގެއްލުމާ ގުޅިގެން އެ ސަރަހައްދުގެ ގިނަ އަދަދެއްގެ އާންމުންނާއި އާއިލާގެ މީހުން ގުޅިގެން ވަނީ ބޮޑު ސާޗް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ.

ވަގުތު ފާއިތުވަމުން ދިޔަ ވަރަކަށް ކުއްޖާއަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އާއިލާއާއި އަވަށު މީހުން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ.

މި ކުއްޖާ ފެނިފައިވަނީ އޭނާ ދިރިއުޅޭ ގެއާ ގާތްގަނޑަކަށް 3 ކިލޯމީޓަރު (2 މޭލު) ދުރުގައި އޮތް އުސް ފަރުބަދަމަތީ ސަރަހައްދަކުންނެވެ.

ގިނަ ބަޔަކު ގުޅިގެން ކުރި މަސައްކަތުން ކުއްޖާ ފެނުނުއިރު، އޭނާ އޮތީ އެ ފަރުބަދަމަތީގައި ވަރަށް އަރާމުގައި ނިދާފައެވެ.

ކުއްޖާ ފެނުނުއިރު އޭނާގެ ހާލު ރަނގަޅު ކަމަށާއި، އޭނާ ހޯދުމަށް އެތައް ބަޔަކު ކުރި ބުރަ މަސައްކަތާއި އާއިލާއަށް ކުރިމަތިވި ހާސްކަމުގެ އެއްވެސް އިހުސާސެއް އެ ކުއްޖާއަށް ނެތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު