އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް-
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް-
ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން މިހާރު އޮތީ 2008 ވަނަ އަހަރުގެ ކުރިން އޮތް ބިރުވެރި ހާލަތަށް ވެއްޓިފައި ކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމަލުތައް ހުރި ގޮތުން، ދިވެހިން އެތައް މަސައްކަތަކުން ހޯދި ޚިޔާލުފާޅު

ކުރުމުގެ މިނިވަންކަން ބީވެގެންދާ ފަދަ އިހުސާސެއް ކުރެވޭ ކަމަށެވެ. ޚާއްޞަކޮށް، ސަރުކާރުން ފާސްކޮށްފައިވާ މީޑިއާ ކޮންޓްރޯލް ބިލާއި މީޑިއާ ކޮމިޝަނަކީ މިނިވަން ނޫސްވެރިކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

"މީޑިއާ ކޮންޓްރޯލް ބިލާއި، މީޑިއާ ކޮމިޝަނަކީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ގޮތަށް، ސަރުކާރާ ދެކޮޅު އަޑުތައް ކަނޑުވާލުމަށާއި، މިނިވަން ނޫސްވެރިން ބިރުގަންނަވައި ނުފޫޒު ފޯރުވުމަށް ބޭނުންކުރާ ވަސީލަތްތަކެކެވެ،" ފައްޔާޒް ވިދާޅުވިއެވެ.

ދައުލަތުގެ ތެރޭގައި ހިނގާ ކޮރަޕްޝަނާއި ނާގާބިލުކަމާ ދެކޮޅަށް ވާހަކަދައްކާ ނޫސްވެރިންނަށް މެދުނުކެނޑި ބިރުދެއްކުމާއި ގޯނާކުރުމުގެ އަމަލުތައް ކުރިމަތިވަމުންދާ ކަމަށް ފާހަގަކުރައްވައި، ފައްޔާޒް ވިދާޅުވީ ނޫސްވެރިންނަށް އަމާން މާހައުލެއް ބޭނުންވާ ކަމަށެވެ. އެގޮތުން މީޑިއާ ކޮންޓްރޯލް ބިލް އުވާލައި، ނޫސްވެރިން އަމިއްލައަށް ކަންކަން ތަރުތީބުކޮށް ހިންގާ ނިޒާމަކަށް މަގުފަހިކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ހަމައެކަނި ކަރުދާހުގައި އޮތް ލިޔުމަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި ދައުލަތުގެ ބާރުގެ ބޭނުންކޮށްގެން ނޫސްވެރިންނަށް ބިރުދެއްކުމާއި، ނޫސް އިދާރާތައް ބަންދުކޮށްފާނެ ކަމުގެ ބިރުވެރިކަމެއްގެ ތެރޭގައި މީޑިއާތައް ހިންގަން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ސަރުކާރު ޒިންމާދާރުކުރުވުމަށް އޮތް އެންމެ ވަރުގަދަ ބާރަކީ މިނިވަން ނޫސްވެރިކަން ކަން ފާހަގަކުރައްވަމުން، ހުރިހާ ނޫސްވެރިންނާއެކު ސާބިތުކަމާއެކު ހުންނެވި ކަމުގެ ޔަގީންކަން ފައްޔާޒް ވަނީ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު