އެމްޑީޕީގެ އާންމު މެންބަރުން ބުނަމުންދަނީ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި އެޕާޓީގެ ލީޑަރޝިޕަށް ޕާޓީ ހިންގާނުލެވުނު ކަމަށް ކަމުގައި، ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަންގެ މަގާމަށް ވާދަކުރަށްވާ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއީލް މިހެން ވިދާޅުވީ، ޕާޓީގައި ފައިސާ ނެތް ކަމަށް ބުނެ އެތެރޭގެ އިންތިހާބު ފަސްކުރުމަށް ވަގުތީ ޗެއާޕާސަން އެދިފައިވާ ދަނޑިވަޅެއްގައި، ޕާޓީގެ މާލީ ތަފްސީލުތައް ހާމަކުރުމަށް އޭނާ ގޮވާލެއްވުމުން އެކަމަށް ރައްދުދެއްވައި ފައްޔާޒު މީސް މީޑިއާގައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. ފައްޔާޒު ވަނީ ޕާޓީގެ އޮޑިޓް ރިޕޯޓްތައް ހިމެނޭ ލިންކެއް ހިއްސާކުރަށްވައި، އެ ރިޕޯޓްތައް ބެއްލެވުމަށް މީކާއީލަށް އިރުޝާދު ދެއްވާފައެވެ.
ފައްޔާޒުގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން މީކާއީލް ވިދާޅުވީ، އަހަރަކު އެއްފަހަރު އާންމުކުރާ އޮޑިޓް ރިޕޯޓަކުން އެކަނި ނުފުދޭ ކަމަށެވެ. އަދި ޕާޓީގެ ވެބްސައިޓުގައިވާ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓަށް ބަލާއިރު، އެ އަހަރާއި އޭގެ ކުރީ އަހަރު މުސާރައާއި އިނާޔަތްތަކަށް އެކަނިވެސް 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަން މީކާއީލް ފާހަގަކުރެއްވިއެވެ.
މީކާއީލް ވިދާޅުވީ، އެ ފައިސާ ހަރަދުވީ ކިހިނެއްކަމާއި ޕާޓީގެ ހަރުމުދަލުގެ ތަފްސީލު އާންމު މެންބަރުންނަށް އެނގެންޖެހޭނެ ކަމަށެވެ. "ޕާޓީގެ އާންމު މެންބަރުން ބުނަމުންދަނީ މި ޕާޓީ ހިންގައެއް ނުލެވުނޭ ބަދަލު ކުރާށޭ!" ފައްޔާޒަށް ނުސީދާކޮށް ފާޑުވިދާޅުވަމުން މީކާއީލް ލިޔުއްވާފައިވެއެވެ.
މީކާއީލްގެ މި ރައްދު އަމާޒުކޮށްފައިވަނީ ފައްޔާޒު އިސްމާއީލް ޗެއާޕާސަންގެ މަޤާމަށް ވާދަކުރެއްވި އިރު ބޭނުންކުރެއްވި ކެމްޕެއިން ޝިއާރު ކަމަށްވާ "ހިންގާލަން" މި ސްލޯގަން އަށް އިޝާރާތް ކުރަށްވައެވެ. މީކާއީލް ވިދާޅުވީ އޭނާގެ ފުރަތަމަ އަމާޒަކީ ޕާޓީގެ ފައިސާގެ ތަފްސީލު މެންބަރުންނަށް ހާމަކޮށް، ޕާޓީގެ ހިންގުން ހަރުދަނާކުރުން ކަމަށެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު، ޕާޓީގެ ލީޑަރޝިޕާމެދު އާންމު މެންބަރުންގެ މެދުގައި ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. އިންތިހާބު ފަސްކުރަން އުޅޭ މައްސަލައިގައި ވެސް ޕާޓީގެ ތެރޭގައި ބޮޑެތި ބަހުސްތަކެއް ދަނީ ކުރެވެމުންނެވެ.

އަަހަރަކު އެއްފަހަރު އާންމު ކުރާ އޮޑިޓް ރިޕޯޓަކުން ނުފުދޭ. މުސާރައަށް 4 މިލިއަން ހަރަދުވީ ކިހިނެއްކަމާއި ޕާޓީގެ ހަރުމުދަލުގެ ތަފްސީލު މެންބަރުންނަށް އެނގެންޖެހޭ. ޕާޓީގެ އާންމު މެންބަރުން ބުނަމުންދަނީ މި ޕާޓީ ހިންގައެއް ނުލެވުނޭ ބަދަލު ކުރާށޭ! https://t.co/M8A2Odqxpj
— Meekail Naseem (@MickailNaseem) May 2, 2026
މީކާއީލްގެ މި ރައްދު އަމާޒުކޮށްފައިވަނީ ފައްޔާޒު އިސްމާއީލް ޗެއާޕާސަންގެ މަޤާމަށް ވާދަކުރެއްވި އިރު ބޭނުންކުރެއްވި ކެމްޕެއިން ޝިއާރު ކަމަށްވާ "ހިންގާލަން" މި ސްލޯގަން އަށް އިޝާރާތް ކުރަށްވައެވެ. މީކާއީލް ވިދާޅުވީ އޭނާގެ ފުރަތަމަ އަމާޒަކީ ޕާޓީގެ ފައިސާގެ ތަފްސީލު މެންބަރުންނަށް ހާމަކޮށް، ޕާޓީގެ ހިންގުން ހަރުދަނާކުރުން ކަމަށެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު، ޕާޓީގެ ލީޑަރޝިޕާމެދު އާންމު މެންބަރުންގެ މެދުގައި ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. އިންތިހާބު ފަސްކުރަން އުޅޭ މައްސަލައިގައި ވެސް ޕާޓީގެ ތެރޭގައި ބޮޑެތި ބަހުސްތަކެއް ދަނީ ކުރެވެމުންނެވެ.
ކިޔުންތެރިންގެ ހިޔާލު