މެޗު ކުޅެން އަރާ ގަވާއިދު ބަދަލުކޮށްގެން މޮޅުވާނެ ކަމަށް ވިސްނުން ގޯސް ކަމަށް އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަޙީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.
އިބުރޭ މިހެން ވިދާޅުވެފައިވަނީ، އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ކުރިމަތިލެއްވުމަށް ރައީސް މުޙައްމަދު ނަޝީދުގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ، ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވާހަކަދައްކަމުންދާ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އިބުރޭ ވިދާޅުވީ، އެމްޑީޕީގެ އިންތިޚާބާ ބެހޭ ގަވާއިދު ބުނާގޮތުން އިންތިޚާބަށް ކުރިމަތިލައްވަން ބޭނުންވާ މީހެއްގެ ހުންނަވާ ޝަރުތުތައް، އެ އިންތިޚާބަކަށް ކުރާ އިޢުލާނުގައި ސާފުކޮށް ބަޔާންކޮށްފައި އޮންނަންވާނެ ކަމަށެވެ. އިންތިޚާބުގެ އުސޫލުތައް ކުއްލި ކުއްލިއަށް ބަދަލު ކުރުމަކީ އިންސާފުވެރި ގޮތެއް ނޫންކަން އޭނާގެ ވާހަކައިން ދޭހަވެއެވެ.
އޭގެ އިތުރުން އެމްޑީޕީގެ އެތެރޭގެ ހިންގުމަށް އިޝާރާތް ކުރަށްވަމުން އިބުރޭ ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގައި އެމްޑީޕީގެ ގައުމީ މަޖިލީހުން ވަރަށް ގިނަ ގަރާރުތައް ފާސްކޮށް، އަދި އޭގެ ތެރެއިން ބައެއް ގަރާރުތައް ބާތިލުވެސް ކޮށްފައިވާނެ ކަމަށެވެ. ނަމަވެސް ވަކި ބަޔަކަށް ފުރުސަތު ހަނިކުރުމަށް ނުވަތަ ވަކި ނަތީޖާއެއް ހާސިލުކުރުމަށް ގަވާއިދަށް ބަދަލު ގެނައުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މެޗު ކުޅެން އަރާ ގަވާއިދު ބަދަލުކޮށްގެން މޮޅުވާނެ ކަމަށް ވިސްނުން ގޯސް." ކުޅިވަރުގެ މިސާލަކުން މުޅި މައްސަލަ ސިފަކޮށްދެއްވަމުން އިބުރޭ ވިދާޅުވިއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ފޯރި ގަދަވެފައިވާއިރު، ޗެއާޕާސަން ކަމަށް ކުރިމަތިލަައްވާ ކުރީގެ ރައީސް ނަޝީދު އާއި މަޖިލިސް މެމްބަރު މީކާއިލް ނަސީމް މިހާރު ގެންދަވަނީ ކެމްޕޭނު ކުރަށްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު