ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަސް ނުވަތަ "މޭޑޭ" ގެ މުނާސަބަތުގައި، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ދިވެހި ހުރިހާ މަސައްކަތްތެރިންނަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
މޭޔަރު މި ތަހުނިޔާ ފޮނުއްވީ މިއަދު މީސް މީޑިއާގައި ހިއްސާ ކުރެއްވި ޚާއްސަ މެސެޖެއްގައެވެ.
މޭޔަރ ޢާޒިމްގެ މެސެޖުގައި، ދިވެހިރާއްޖޭގެ ހީވާގި، މުރާލި، ފަންނުވެރި އަދި ޚިދުމަތްތެރި ހުރިހާ މަސައްކަތްތެރިންނަށް ލޯތްބާއެކު ތަހުނިޔާ އަރިސްކުރެއްވިއެވެ. އަދި ދުނިޔެއާއި ދިވެހިރާއްޖެ މިއަދު މިދެކޭ ތަރައްގީއާއި ކުރިއެރުމުގެ ހަގީގީ މޭސްތިރިންނަކީ މަސައްކަތްތެރިން ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.
އެގޮތުން މިއަދު އަޅުގަނޑުމެންނަށް ފަހިވެފައިވާ ހުރިހައި ފަސޭހަތަކެއްގެ އަސްލަކީ ޚިދުމަތްތެރި މަސައްކަތްތެރިން ކަމަށް މޭޔަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ހުރިހާ ހާލަތެއްގައިވެސް މަސައްކަތްތެރިންގެ ހައްގުތައް ފުރިހަމައަށް އަދާކޮށްދިނުމަށާއި، އެ ފަރާތްތަކުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމަށް މޭޔަރ ޢާޒިމް ވަނީ ގޮވާލައްވާފައެވެ.
މިއީ ގައުމުގެ ކުރިއެރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. މޭޔަރުގެ މެސެޖު ނިންމަވާލެއްވީ ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންނަށް ހުރިހާ ގޮތަކުން ކާމިޔާބީއަށް އެދިވަޑައިގަންނަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު