ޣައްޒާގެ އިމާރާތެއްގެ ދޮރުމަތިން، އަލަށް އުފަންވި ތުއްތު ފިރިހެން ކުއްޖަކު ފެނުނު ހިތްދަތި ހާދިސާއަކުން، އެ ސަރަހައްދުގައި ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ބަނޑުހައިހޫނުކަމުގެ ހިތްދަތި މަންޒަރު އަނެއްކާވެސް މުޅި ދުނިޔެއަށް ހާމަވެއްޖެއެވެ.
މި ކުއްޖާ ފެނުނުއިރު، އޭނާގެ ކައިރީގައި އޮތް ސިޓީއަކީ ކޮންމެ އިންސާނެއްގެ ލޮލުން ކަރުނަ ހިލިގެންދާނެ އަސަރުގަދަ ވާހަކަތަކެއް ބުނެދީފައިވާ ސިޓީއެކެވެ. އެ ސިޓީގައި އެ ތުއްތުދަރިފުޅުގެ މަންމަ ބުނެފައިވަނީ، އޭނާގެ ފިރިމީހާއަކީ އަސީރެއް (ގައިދީއެއް) ކަމަށާއި، ބަނޑުހައިހޫނުކަމުގެ ސަބަބުން އަމިއްލަ ހަށިގަނޑުގައި ކުއްޖާއަށް ދޭނެ ކިރު ނެތް ކަމަށެވެ.
އަދި ބާޒާރުން ގަންނަން ލިބޭ ކިރުދަޅެއް ގަތުމުގެ މާލީ ތަނަވަސްކަން ނެތުމުން، ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އެ ނޫން އެހެން އެއްވެސް ގޮތެއް ނެތިގެން ދަރިފުޅު ދޫކޮށްލީ ކަމަށް އެ މަންމަ ވަނީ ބުނެފައެވެ.
މި ހާދިސާއަކީ މިއަދު ޣައްޒާގެ މައިން ތަހައްމަލު ކުރަމުންދާ ބިރުވެރި އަދި އެހާމެ ހިތްދަތި ހަގީގަތެކެވެ. އިސްރާއީލުން ދެމުންދާ ހަމަލާތަކާއި، އެ ސަރަހައްދު ބަންދުކޮށްފައި އޮތުމުގެ ސަބަބުން ކާބޯތަކެތި ލިބުން ދަތިވެ، ތުއްތު ކުދިންނަށް ބޭނުންވާ އަސާސީ ކާނާ ނުލިބި އެތައް ކުދިންނެއް ދަނީ މަރުވަމުންނެވެ.
އެ މަންމަގެ ސިޓީގައިވާ ބަސްތަކުން ހާމަވަނީ، އަމިއްލަ ލޯބިވާ ދަރިފުޅު ދޫކޮށްލަން ޖެހުމުން އިހުސާސްވާނެ ފުން ހިތާމައަށްވުރެ، އެ ދަރިފުޅު ބަނޑަށް މަރުވާ މަންޒަރު ބަލަން ހުރުމުގެ ބިރުވެރިކަން މާ ބޮޑުކަމެވެ.
މިއީ އިންސާނިއްޔަތުކަން ކޮޅުންލާފައިވާ މި ޒަމާނުގައި، ޣައްޒާގެ ރައްޔިތުން އުފުލަމުންދާ ވޭނާއި ކެކުޅުމުގެ ވަރަށް ކުޑަ މިންވަރެކެވެ.

ކިޔުންތެރިންގެ ހިޔާލު