މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކެޓިވް މެންބަރު ކަމުގެ މަޤާމުން ހ. އާހަމަ، އިބްރާހީމް ޒިޔަތު ވަކިކޮށް، އެ މަޤާމަށް މ. ހަޒާރީވިލާ، މުޙައްމަދު ލަމްޢާން މިއަދު ޢައްޔަން ކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ މި ބަދަލު ގެނެސްފައިވަނީ މިއަދުން ފެށިގެން ކަމަށެވެ.

ލަމްޢާނަކީ ސަރުކާރުގެ ބޮޑެތި ކުންފުނިތައް ހިންގުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމާއި، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމުގެ އިތުރުން މިފްކޯގެ އިސް މަޤާމުތަކެއް އޭނާ ވަނީ ފުރުއްވާފައެވެ.

ޔުނިވާސިޓީ އޮފް ކޮލަމްބޯއިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރަށްވާފައިވާ ލަމްޢާނަކީ ކޯޕަރޭޓް ގަވަރނަންސް އާއި ލީޑާޝިޕްގެ ދާއިރާއިން ފަންނީ ހުނަރު ލިބިވަޑައިގެން ހުންނެވި، ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަށްވާފައިވާ ހިންގުންތެރިއެކެވެ.

ލަމްއާން އެންމެ ފަހުން ހުންނެވީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. ލަމްއާން އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކެޓިވް މެންބަރަކަށް އައްޔަނު ކުރަށްވާފައި މިވަނީ، މިދިޔަ މަހުގެ ކުރީކޮޅު ބޭއްވި ކައުންސިލް އިންތިހާބަށް ފަހު، ސަރުކާރުގެ ކުންފުނިތަކުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު