އެކަކު އަނެކު ކަކު ދެކެ ލޯބި އުފެދި ނުވަތަ ތަޢާރަފުވެ ކައިވެނީގެ ގުޅުމަކުން ޒަވަޖީ ޙަޔާތެއް ފަށަނީ މުޅި އމުރަށް އެކުގައި ދެމިތިބުމަށް އެތަށް އަޙްދަކާއި ވަޢުދެއްވެގެންނެވެ. ނަމަވެސް މިފަދަ ގުޅުމެއްގެ ތެރެއިންވެސް ބައިވެރިޔާގެ ފަރާތުން ބޭވަފާތެރިކަމާ ކުރިމަތިލާންޖެހޭ ކޮންމެ މީހެއްގެ ހިތުގައި އުފެދޭނެ އެންމެ ބޮޑު ސުވާލަކީ "ކީއްވެބާ؟" މިއެވެ. ގިނަ ފަހަރަށް ބޭވަފާތެރިވުމުގެ އަމަލަކީ ވަރަށް ފަސޭހައިން ކުށްވެރިކުރެވޭ ކަމަކަށް ވިޔަސް، އެކަން މެދުވެރިވާ ސަބަބުތަކަކީ އަބަދުވެސް ވަރަށް ސާފުކޮށް އެނގެން އޮންނަ ކަންތައްތަކެއް ނޫނެވެ. ބައިވެރިޔާއަށް ކަމެއް މަދުވާނަމަ އެ ވާހަކަ ދެއްކުމުގެ ބަދަލުގައި ނުވަތަ ގުޅުން ނިންމާލުމުގެ ބަދަލުގައި، ސިއްރުން އެހެން ގުޅުމެއް ހިންގަނީ ކީއްވެގެން ހެއްޔެވެ؟
މިކަމާ ގުޅޭގޮތުން ނަފްސާނީ މާހިރުން ވިދާޅުވަނީ، ބައެއް ފަހަރު މިއީ ހަމައެކަނި ފަރުވާކުޑަކަމުން ނުވަތަ ކުއްލިއަކަށް ކުރެވޭ ކަމަކަށް ވިޔަސް، ގިނަ ހާލަތްތަކުގައި މީގެ ފަހަތުގައި ވަރަށް ފުން އަދި އުނދަގޫ ސަބަބުތަކެއް ހުންނަ ކަމަށެވެ. ބޭވަފާތެރިވުމަކީ ކުރެވޭ ކުށަކަށް އޮތް ބަހަނާއެއް ނޫނެވެ. ނަމަވެސް، އެކަން މެދުވެރިވާ ސަބަބުތައް ދެނެގަތުމަކީ ލިބިފައިވާ ހިތްދަތިކަމުން އަރައިގަނެ، ގުޅުން ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަން ފަސޭހަވާނެ ކަމެކެވެ.
ދެމަފިރިންގެ މައްސަލަތަކަށް ލަފާދޭ މާހިރުން ފާހަގަކުރާ މައިގަނޑު ސަބަބުތައް ތިރީގައި އެވަނީއެވެ.
01. އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކުރުން (Ego Boost):
ބައެއް މީހުން ބޭވަފާތެރިވަނީ އައު މީހެއްގެ ފަރާތުން ލިބޭ ސަމާލުކަމާއި، ތިމާއީ މީހުން އެދޭ ފަދަ މީހެއްކަމުގެ އިހުސާސް ކުރަން ބޭނުންވާތީއެވެ. އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވުމާއި، ކުޑައިރު އާއިލާގެ ތެރެއިން އެކަށީގެންވާ ލޯތްބާއި އަޅާލުން ނުލިބި ހުންނަ މީހުން، އެހެން މީހުންގެ ފަރާތުން އެ ބަލައިގަތުން ހޯދަން މަސައްކަތް ކުރެއެވެ. އެހެން މީހެއްގެ ފަރާތުން ލިބޭ ސަމާލުކަމުން ވަގުތީ އުފަލެއް ލިބުނު ކަމުގައި ވިޔަސް، މިއީ އަމިއްލަ ނަފްސުގެ އިތުބާރު ދެމެހެއްޓެނިވި ގޮތެއްގައި ބިނާކުރުމަށް އޮތް ހައްލެއް ނޫނެވެ.
02. ޖިންސީ ގޮތުން ހިތްހަމަނުޖެހުމާއި އާ ކަންތައްތަކަށް އެދުންވެރިވުން:
ދެމަފިރިންގެ ދެމެދުގައި އޮންނަ ޖިންސީ ގުޅުމަށް ބަދަލު އައުމަކީ ބޭވަފާތެރިވާން މެދުވެރިވާ އެއް ސަބަބެވެ. ދެމީހުންގެ ބޭނުންތައް ތަފާތުވުމާއި، ގުޅުމުގެ ތެރޭގައި އޮންނަ ފޯރި ކުޑަވުމުން، އެކަން ފޫބެއްދުމަށް އެހެން މީހުންގެ ގާތަށް ދާން ބައެއް މީހުންނަށް މަޖުބޫރުވެއެވެ. މިފަދަ ހާލަތްތަކުގައި، އަމިއްލަ ބައިވެރިޔާއާ އެކު އޮންނަ ރައްކާތެރި ގުޅުން ދަމަހައްޓަމުން، އެހެން މީހެއްގެ ފަރާތުން އައު ފޯރިއެއް ހޯދަން މަސައްކަތް ކުރެއެވެ.
03. ނަފްސާނީ ގޮތުން އެކަނިވެރިވުން:
ޖިންސީ ގުޅުން ރަނގަޅުވި ކަމުގައި ވިޔަސް، ބައިވެރިޔާގެ ފަރާތުން ނަފްސާނީ ގޮތުން އަޅާލުން ނުލިބޭނަމަ ނުވަތަ ބައިވެރިޔާއަށް ތިމާގެ އަގު ވަޒަން ނުކުރެވޭ ކަމުގެ އިހުސާސް ކުރެވޭނަމަ ބޭވަފާތެރިވާން މެދުވެރިވެއެވެ. ދިގު މުއްދަތުގެ ގުޅުންތަކުގައި، ދިރިއުޅުމުގެ މަސްއޫލިއްޔަތުތަކާއި ވަޒީފާގެ ސަބަބުން ދެމީހުންގެ ދެމެދުގައި އޮންނަ ލޯބީގެ ގުޅުން ފަނޑުވެގެންދެއެވެ. މިފަދަ ވަގުތެއްގައި، ތިމާގެ ވާހަކަ އަޑުއަހާ، ތިމާއަށް ސަމާލުކަންދޭ މީހަކާ ދިމާވުމުން، އެއީ މައްސަލަތަކުގެ ހައްލު ކަމުގައި ބައެއް މީހުންނަށް ހީވެއެވެ.
04. ގާތް ގުޅުމެއް ބޭއްވުމަށް ބިރުގަތުން:
ކުރިން ދިރިއުޅުމުގައި ހިތްދަތި ތަޖުރިބާތަކެއް ކޮށްފައިވާ މީހުންނަށް، މީހަކާ މާ ބޮޑަށް ގާތްވުމަކީ ބިރުވެރި ކަމަކަށް ވެދާނެއެވެ. މީހަކަށް މާ ބޮޑަށް އިތުބާރުކޮށް، ހުރިހާ ސިއްރެއް ހިއްސާކުރުމުން އަނެއްކާވެސް ދެރައެއް ލިބިދާނެތީ އެކަމުން ދުރުވުމަށްޓަކައި، ބައެއް މީހުން ގަސްދުގައި ގުޅުން ހަލާކުކޮށްލަން މަސައްކަތް ކުރެއެވެ. ބޭވަފާތެރިވުމަކީ އެމީހުންގެ ނަޒަރުގައި ބައިވެރިޔާއާ ދުރަށް ދިއުމަށް ބޭނުންކުރާ އައްޑަނައެކެވެ.
05. ގުޅުން ނިންމާލަން ބޭނުންވާ ފަސޭހަ ގޮތަކަށް ހެދުން:
ގުޅުމާ މެދު ހިތްހަމަނުޖެހި، އެކަމަކު އެ ގުޅުން ނިންމާލަން ސީދާ ބުނަން ނުކެރޭ މީހުން، ބޭވަފާތެރިކަން އިޚްތިޔާރު ކުރެއެވެ. މިއީ ބައިވެރިޔާއަށް ގުޅުން ނިންމާލަން މަޖުބޫރުކުރުވުމަށް ކުރާ ކަމެކެވެ. މިއީ ވަރަށް ކޮލަފި އަދި އަނެކާއަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކުރާނެ، އަމިއްލަ އެދުން ބޮޑު އަމަލެކެވެ.
ބޭވަފާތެރިވުމަށްފަހު ގުޅުން ކުރިއަށް ގެންދެވިދާނެތަ؟
ކުރު ޖަވާބަކީ "އާދެ" އެވެ. "އެއްފަހަރު ބޭވަފާތެރިވާ މީހަކީ އަބަދުވެސް ބޭވަފާތެރިވާނެ މީހެއް" ކަމަށް ބުނާ ބުނުމަކީ ކޮންމެހެން ތެދެއް ނޫނެވެ. ނަމަވެސް، ގުޅުން ކުރިއަށް ގެންދިއުން ބިނާވެފައިވަނީ ބޭވަފާތެރިވި މީހާ އެކަމުގެ ޒިންމާ ފުރިހަމައަށް އުފުލުމާއި، އިތުބާރު އަލުން ބިނާކުރަން ދެމީހުން ކުރާ މަސައްކަތުގެ މައްޗަށެވެ. މީގެ އިތުރުން، ބޭވަފާތެރިވާން މެދުވެރިވި ސަބަބު ދެނެގަތުމަކީ ގުޅުން އަލުން ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ފުރަތަމަ ފިޔަވަޅެވެ.

ކިޔުންތެރިންގެ ހިޔާލު