ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގައި ނެގުނު ވޯޓަކީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް، އެ ޕާޓީގެ ޗެއަރޕާސަން ކަމަށް ވާދަކުރަށްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއީލް މިހެން ވިދާޅުވީ، ހޯމް މިނިސްޓަރު އަލީ އިހުސާނަށް ރުހުން ދިނުމަށް އެމްޑީޕީގެ ބައެއް މެންބަރުން ވޯޓު ދެއްވުމާ ގުޅިގެން އުފެދިފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. މީކާއީލް ވިދާޅުވީ، ހޯމް މިނިސްޓަރު އިހުސާންއަށް ރުހުން ދިނުމަށް ނެގި ވޯޓުގައި އޭނާ ވޯޓު ދެއްވާފައިވަނީ އިޙްސާނަށް ރުހުން ނެތް ކަމަށެވެ.
އިހުސާނަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވި ސަބަބުތައް ހާމަކުރައްވަމުން މީކާއީލް ވިދާޅުވީ، ޑީއެންއާރް ޑޭޓާބޭސްގެ މައްސަލަ އާއި، ވަކިވަކި ފަރުދުންގެ ޒާތީ މައުލޫމާތު އާންމު ކުރުމާއި، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުން ފަދަ އެތައް ކަމެއް އެ މިނިސްޓަރުގެ ފަރާތުން ފާހަގަކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން މީކާއީލް ވަނީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ދެ ކެންޑިޑޭޓުންނަށް ތާއީދުކުރާ ބައެއް މެންބަރުން، ޕާލިމެންޓްރީ ގްރޫޕުން ނެރުނު ފްރީ ވިޕެއްގެ ދަށުން ވަޒީރަށް ރުހުން އޮތް ކަމަށް ވޯޓު ދީފައިވާކަން ފާހަގަ ކުރަށްވާފައެވެ. އަދި އިޙްސާންގެ ރުހުން ނެތްކަމަށް މީކާއީލްގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވެސް ވޯޓު ދެއްވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
"މިއީ އެތެރޭގެ އިންތިހާބާއި ގުޅުމެއް އޮތް ވޯޓެއް ނޫން. ކުރިޔަށް އޮތް ތަނުގައި މި ފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް، އަޅުގަނޑުގެ ޗެއަރޕަރސަންކަމުގައި، ވަޒީރުންނަށް ރުހުން ދިނުންފަދަ ބޮޑެތި ގައުމީ މައްސަލަތަކުގައި އެމްޑީޕީ ގައުމީ މަޖިލީހުގެ ދައުރު ފުޅާ ކުރާނަމެވެ،" މީކާއީލް ވިދާޅުވިއެވެ.
އިއްޔެ މަޖިލީހުގައި ނެގި ވޯޓުގައި ހޯމް މިނިސްޓަރު އަލީ އިހުސާނަށް ރުހުން ދިނުމަށް އެމްޑީޕީގެ 8 މެންބަރަކު ވޯޓު ދެއްވިއިރު، ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލާއި، އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިމް މި ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.
މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުالله ވިދާޅުވީ، އެމްޑީޕީގެ މެންބަރުންނާއި، ޕާޓީގެ ގައުމީ މަޖިލީހުގެ އިތުރުން ދާއިރާތަކުގެ ރައްޔިތުންނަށް، މިކަމުގެ ތަފްސީލު މެންބަރުން ދޭން ޖެހޭނެ ކަމަށެވެ. މި މައްސަލަ ހޫނުވެފައިވަނީ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ވާދަވެރިކަން ޕާޓީތެރޭގައި އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ހޯމް މިނިސްޓަރު އިހުސާންއަށް މަޖިލީހުން ރުހުން ދިނުމަށް ނެގި ވޯޓުގައި އަޅުގަނޑު ވޯޓު ދީފައިވާނީ އެ މަނިކުފާނަށް ރުހުން ނެތް ކަމަށެވެ.
— Meekail Naseem (@MickailNaseem) April 30, 2026
އެއީ ޑީއެންއާރް ޑޭޓާބޭސްގެ މައްސަލަ އާއި ވަކިވަކި ފަރުދުންގެ ޒާތީ މައުލޫމާތު އާންމު ކުުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުން ފަދަ…
އިއްޔެ މަޖިލީހުގައި ނެގި ވޯޓުގައި ހޯމް މިނިސްޓަރު އަލީ އިހުސާނަށް ރުހުން ދިނުމަށް އެމްޑީޕީގެ 8 މެންބަރަކު ވޯޓު ދެއްވިއިރު، ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލާއި، އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިމް މި ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.
މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުالله ވިދާޅުވީ، އެމްޑީޕީގެ މެންބަރުންނާއި، ޕާޓީގެ ގައުމީ މަޖިލީހުގެ އިތުރުން ދާއިރާތަކުގެ ރައްޔިތުންނަށް، މިކަމުގެ ތަފްސީލު މެންބަރުން ދޭން ޖެހޭނެ ކަމަށެވެ. މި މައްސަލަ ހޫނުވެފައިވަނީ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ވާދަވެރިކަން ޕާޓީތެރޭގައި އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
ކިޔުންތެރިންގެ ހިޔާލު