ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި މިއަދު ފެންނަމުންދަނީ އުސޫލުތަކަށްވުރެ ބޮޑަށް، އަމިއްލަ ޕާޓީގެ ފައިދާއަށް އިސްކަންދޭ މަންޒަރެވެ. ވަކި ގޮތަކަށް އަމަލުކުރުމަށް ވަކާލާތުކޮށް، ގާނޫނުތައް ހަދަމުންދާއިރު، އެއާ ދިމާ އިދިކޮޅަށް އަމަލުކުރުމަކީ މިހާރުގެ ސަރުކާރު ހިންގާ ޕީއެންސީގެ އާދައަކަށް ވެއްޖެއެވެ. މިކަމުގެ އެންމެ ފަހުގެ މިސާލަކީ، މިމަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަކޮށް އދ. މަންދޫ ކައުންސިލްގެ އަންހެން މެންބަރުކަމުގެ ގޮނޑި ކާމިޔާބު ކުރެއްވި ޝަހީމާ ޝިހާބު، ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއިކުރުމެވެ.
މި މަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި ޝަހީމާ މި ގޮނޑި ކާމިޔާބު ކުރެއްވީ 150 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް އައިޝަތު ޝެހެނާޒަށް ލިބިވަޑައިގަތީ 112 ވޯޓެވެ. މިއީ ރައްޔިތުން ވަރަށް ސާފުކޮށް ޕީއެންސީގެ ސިޔާސަތުތަކަށް "ނޫނެކޭ" ބުނެ، އެމްޑީޕީގެ ފިކުރަށް ދިން ތާއީދެކެވެ. ނަމަވެސް، އިންތިޚާބު ނިމި މަދު ދުވަސްކޮޅެއްގެ ތެރޭގައި، ރައްޔިތުންގެ އެ ނިންމުމަށް ކުޑަވެސް އިހުތިރާމެއް ނެތި، ޝަހީމާ ޕީއެންސީއާ ގުޅުމަކީ ވޯޓުދިން ރައްޔިތުންގެ މޫނުމަތީގައި ޖެހި ބޮޑު އެތިފަހަރެކެވެ.
މި މައްސަލަ ބޮޑުވެގެން އުޅޭ އެންމެ މައިގަނޑު ސަބަބަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވަނިކޮށް، ހަމަ އެ އުސޫލު ކައުންސިލަރުންގެ މައްޗަށް ހިންގަން ސަރުކާރުން ބޭނުން ނުވުމެވެ. މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވަން ސަރުކާރުން ބާރުއަޅަނީ އެމީހުންގެ "ސުޕަރ މެޖޯރިޓީ" ގެއްލިދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ސަރުކާރާ މެދު ހިތްހަމަނުޖެހޭ މެންބަރުންގެ ގައިގައި ގާނޫނީ ކަސްތޮޅު އަޅުވައިގެން ހިފަހައްޓަން މަސައްކަތް ކުރާއިރު، އިދިކޮޅުން މީހުން ގެނައުމުގައި އެއްވެސް އުސޫލެއް ނެތުމަކީ ބޮޑުވެގެންވާ މުނާފިގުކަމެކެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އާންމު ރައްޔިތަކު ފާހަގަކުރި ގޮތުގައި، ވަކި ފިކުރަކަށް ވޯޓު ދީގެން ހޮވި ކައުންސިލަރަކު، ހޮވޭތަނާހެން ސަރުކާރު ޕާޓީއަށް ދިއުމަކީ އިންސާފެއް ނޫނެވެ. "ރާއްޖޭގައި އެއްވެސް ކަމެއްގައި އިންސާފެއް ނޯވޭ. ސަރުކާރު ދަމަހައްޓަން މަޖިލިސް މެންބަރުން ތަޅުއަޅުވަން ބޭނުންވާއިރު، ރައްޔިތުންގެ ވޯޓުން ހޮވި ކައުންސިލަރު އެ ރައްޔިތުންގެ މޫނުގައި ކޮޅުފައިން ޖަހާފައި ހިތްހޫނުތަނުން ކާލަން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" އޭނާ ބުންޏެވެ.

އެމްޑީޕީގެ ޓިކެޓުގައި ވާދަކޮށް ކައުންސިލް ގޮނޑި ކާމިޔާބުވުމުން ޕާޓީ ބަދަލުކުރުމުން އާންމުންގެ ޝުއޫރު
ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ގޮނޑި ގެއްލޭ ގާނޫނު އައީ ޕީއެންސީގެ ސުޕަރ މެޖޯރިޓީ ހިމާޔަތް ކުރާށެވެ. ނަމަވެސް އެމްޑީޕީގެ ގޮނޑިއެއް ޕީއެންސީއަށް ލިބޭނަމަ އެއީ "އޯކޭ" ކަމަކަށް ވެގެން ނުވާނެއެވެ. ފުރަތަމަ އިންތިޚާބުގައި ކުރިމަތިލައިގެން ކާމިޔާބު ނުވާނެކަން އެނގޭތީ، އިދިކޮޅު ޓިކެޓުގައި ހޮވޭ މީހުންނަށް ނުފޫޒު ފޯރުވައިގެން ޕާޓީއަށް ވެއްދުމަކީ ޑިމޮކްރަސީގެ ރޫހާ މުޅިން ޚިލާފު ކަމެކެވެ. ޕީއެންސީއަށް ފައިދާ ވަންޏާ ގޮނޑި ބަދަލުކުރުން "އޯކޭ" ވެފައި، އެހެން ބަޔަކަށް ފައިދާ ވާނަމަ އެއީ ގޮނޑި ގެއްލޭ ކަމަކަށް ހެދުމަކީ މި ސަރުކާރުގެ ދެފުށް ދެގޮތްކަން ހާމަވާ ކަމެކެވެ. ރައްޔިތުންގެ ސުވާލަކީ ޕާޓީ ބަދަލުކުރުމުން ކައުންސިލް ގޮނޑި ނުގެއްލެންޏާ، ހަމަ އެފަދަ އިންތިޚާބަކުން ހޮވޭ މަޖިލިސް ގޮނޑި ގެއްލެން ޖެހޭ ސަބަބަކީ ކޮބައިތޯއެވެ؟
ރައްޔިތުން ވަރަށް ބޮޑު އިތުބާރަކާއެކު ހަވާލުކުރާ މި ޒިންމާއަށް ޚިޔާނާތްތެރިވުމަކީ ކުޑަ ކަމެއް ނޫނެވެ. އެމްޑީޕީގެ މެންބަރުންގެ ބުރަ މަސައްކަތުންނާއި ތާއީދުން ހޮވުމަށްފަހު، އެ މެންބަރުންގެ އިހުސާސްތަކަށް ކުޑަވެސް ބެލުމެއް ނެތި ޕާޓީ ބަދަލުކުރުމަކީ ސިޔާސީ އަޚުލާގުގެ އެންމެ ދަށު ދަރަޖައެވެ. މިފަދަ ކަންކަމަށް ސަރުކާރުން ހިތްވަރު ދިނުމަކީ، ރާއްޖޭގެ އިންތިޚާބީ ނިޒާމަށް އޮތް ބޮޑު ނުރައްކަލެކެވެ. ވީމާ، ޕީއެންސީއަށް ފައިދާވާ ކޮންމެ ކަމަކީ ރަނގަޅު ކަމެއް ކަމަށް ދެކޭ ދެކުން ބަދަލުކޮށް، ހަމަހަމަ އުސޫލުތަކެއް ގާއިމުކުރަން ޖެހެއެވެ. އިންސާފަކީ ވަކި ބަޔަކަށް ފައިދާވާ ގޮތަށް އޮންނަ އެއްޗަކަށް ވެގެން ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު