ސްރީ ލަންކާގެ ބަނދަރުގައި ރާއްޖެއަށް ނުގެނެވި ތާށިވެފައި ހުރި 2،500 އަށް ވުރެ ގިނަ ކޮންޓެއިނާގެ މުދާ އަންނަ ހަފުތާގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެދާނެ ގޮންޖެހުންތައް މެނޭޖްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވައިލެއްވި ކްރައިސިސް ކޮމިޓީން ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ، މި މުދާތައް ރާއްޖެއަށް ގެންނާނީ ތިން އުޅަނދެއްގައި ކަމަށެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ހަވާލާދީ މިނިސްޓަރު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ގާތްގަނޑަކަށް 2،500 އަށް ވުރެ ގިނަ ޓީއީޔޫގެ މުދާ ރާއްޖެއަށް ވާސިލުވާނެ އެވެ. އަދި މި މުދާތައް ލިބުމުން، ބާޒާރަށް މުދާ ލިބުމުގައި މިހާރު ކުރިމަތިވެފައިވާ ލަސްވުންތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ލަންކާ ބަނދަރުގައި މުދާ ތާށިވާން ދިމާވާ ސަބަބާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، ބައެއް ފަހަރު ލަންކާގައި ހުންނަ ރާއްޖޭގެ މުދާތައް އެކީ ހުސްކުރެވުނު ނަމަވެސް، ބައިނަލްއަގުވާމީ އާގުބޯޓުފަހަރުގެ ދަތުރުތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން އަނެއްކާވެސް މުދާ ޖަމާވަނީ ކަމަށެވެ.
"ތަފާތު ގިނަ މައްސަލަތަކެއްގެ ސަބަބުން އައިސްގެން އުޅޭ ކްލޮގްވުމެއް މިއުޅެނީ،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
މީގެ އިތުރުން، ބަނދަރަށް ބާލާ މުދާ ވީހާވެސް އަވަހަކަށް ނެރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އެމްޕީއެލް އިން އާ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. މި ބަދަލުތަކާއެކު މުދާ ކްލިއަރ ކުރުމުގެ ސްޕީޑް އަވަސްވެ، ވިޔަފާރިވެރިންނަށް ހުރި ދަތިތަކަށް ހައްލެއް ލިބޭނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު