މީޑިއާގެ މިނިވަންކަމަށް ހުރަސް އަޅައި، ނޫސްވެރިކަމުގައި ތަޅުއެޅުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހައްދަވާނެ އެންމެ ބޮޑު ގޯސް ކަމަށް ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އަދި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހް މިހެން ވިދާޅުވީ، "އަދަދު" ނޫހުން ރައީސް މުއިއްޒަށް ނިސްބަތްވާ ގޮތަށް ތައްޔާރުކޮށް އާންމުކުރި ޑޮކިއުމެންޓަރީއަކާ ގުޅިގެން، ފުލުހުން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހް ވިދާޅުވީ، މިނިވަން ނޫސްވެރިކަމަކާ ނުލައި ކުރާ ވެރިކަމަކަށް ކިޔާނީ "ހުދުމުހުތާރު" ވެރިކަމެއް ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ނެތި އޯގާތެރި ވެރިކަމެއް ނުކުރެވޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
"މީޑިއާގައި ތަޅުއެޅުވުމަކީ މުއިއްޒު ހައްދަވާނެ އެންމެ ބޮޑު ގޯސް. މީޑިއާއަށް ބިރުދެއްކުން ހުއްޓާލާ. މުއިއްޒުގެ ވެރިކަން މިދަނީ ނިމެމުން،" މަލީހްގެ ޕޯސްޓުގައި ވެއެވެ.
މަލީހް އިތުރަށް ވިދާޅުވީ، މީޑިއާތަކަށް ބިރުދެއްކުމުގެ ސަގާފަތެއް އުފެއްދުމަކީ ޑިމޮކްރެޓިކް ނިޒާމެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިފަދަ އަމަލުތަކުގެ ސަބަބުން ސަރުކާރުގެ އިތުބާރު ގެއްލިގެންދާނެ ކަމަށެވެ.
"އަދަދު" ނޫހުން އާންމުކުރި ޑޮކިއުމެންޓަރީގައި ހިމެނޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. މި މައްސަލައިގައި ފުލުހުން ޖިނާއީ ތަހުގީގެއް ފެށުމުން، ސިޔާސީ ފަރާތްތަކުންނާއި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު