ސްޓްރެއިޓް އޮފް ހޯރްމޫޒް
ސްޓްރެއިޓް އޮފް ހޯރްމޫޒް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ "ސްޓްރެއިޓް އޮފް ހޯރްމޫޒް" ނުވަތަ ހޯރްމޫޒް ކަނޑުއޮޅީގެ ނަން "ސްޓްރެއިޓް އޮފް ޓްރަމްޕް" އަށް ބަދަލުކޮށްފައިވާ މެޕެއް ސޯޝަލް މީޑިއާގައި ހިއްސާކުރައްވައިފިއެވެ.

ޓްރަމްޕް މި މެޕް ހިއްސާކުރެއްވީ، އީރާނުން އެމެރިކާގެ ކުރިމަތީގައި ކަކޫޖަހައި، އިގްތިސާދީ ދަތިކުރުންތަކުން ސަލާމަތްވުމަށް އެދި އާދޭސްކުރަން ޖެހޭނެ ކަމަށް ވިދާޅުވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.

މި އަމަލަކީ އީރާނަށް ނުފޫޒު ފޯރުވުމަށާއި، އެމެރިކާގެ ބާރު އެ ސަރަހައްދުގައި އޮތްކަން ދެއްކުމުގެ ގޮތުން ކުރެއްވި ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

ޓްރަމްޕްގެ ވާހަކަފުޅުގައި ބާރުއަޅުއްވާފައިވަނީ އޭނާގެ ސިޔާސަތުތަކުގެ ސަބަބުން އީރާނުގެ އިގްތިސާދު ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ކަމަށާއި، އެ ގައުމަށް ދެން އޮތް ހަމައެކަނި މަގަކީ އެމެރިކާގެ ޝަރުތުތަކަށް އެއްބަސްވުން ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ މައިދާނުގައި އެކި ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު