އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް މިހާތަނަށް ގާތްގަނޑަކަށް 25 ބިލިއަން އެމެރިކާ ޑޮލަރު ހޭދަވެފައިވާ ކަމަށް ޕެންޓަގަނުގެ އިސް އޮފިޝަލަކު ހާމަކުރައްވައިފިއެވެ.
މި ހަނގުރާމައަށް 60 ދުވަސް ހަމަވާން ގާތްވެފައިވާއިރު، މި ތަފުސީލުތައް ހާމަކުރެއްވީ ޕެންޓަގަނުގެ އެކްޓިންގ ކޮމްޕްޓްރޯލަރ ޖޫލްސް ހަރސްޓްރީ އެވެ. ހަރސްޓްރީ މި މަޢުލޫމާތު ހިއްސާކުރެއްވީ ހައުސް އާމްޑް ސަރވިސަސް ކޮމިޓީގައި ދެއްވި ބަޔާނެއްގައެވެ. މި ބައްދަލުވުމުގައި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް އާއި ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޑޭން ކޭން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ހަރސްޓް ވިދާޅުވި ގޮތުގައި "އޮޕަރޭޝަން އެޕިކް ފިއުރީ" އަށް މިހާތަނަށް ކުރި ހޭދައިގެ ބޮޑުބަޔަކީ ހަތިޔާރާއި، އަސްކަރީ އޮޕަރޭޝަންތަކާއި، މަރާމާތުގެ އިތުރުން ހަލާކުވާ ސާމާނު އައުކުރުމަށް ހިނގާފައިވާ ޚަރަދުތަކެވެ.
ކޮމިޓީގެ މެންބަރު އެޑަމް ސްމިތް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހަރސްޓް ވިދާޅުވީ، ހަނގުރާމައިގެ ޖުމްލަ ޚަރަދުތައް ފުރިހަމައަށް ވަޒަންކޮށް ނިމުމުން، އިތުރު ފަންޑިންގ ހޯދުމަށް ވައިޓް ހައުސް މެދުވެރިކޮށް ކޮންގްރެސްއަށް ހުށަހަޅާނެ ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ މާރިޗު މަހު ޕެންޓަގަނުން ހާމަކުރި ގޮތުގައި ހަނގުރާމައިގެ ފުރަތަމަ ހަ ދުވަހު އެކަނިވެސް 11.3 ބިލިއަން ޑޮލަރު ވަނީ ހޭދަވެފައެވެ.
މި ހަނގުރާމައާ ގުޅިގެން ތެޔޮ އުފުލާ އުޅަނދުފަހަރު ދަތުރުކުރާ މުހިންމު މަގެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން، އެމެރިކާއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހަކަތައިގެ ދާއިރާގެ އިސްވެރިންނާ ބައްދަލުކުރައްވައި، އީރާނުގެ ބަނދަރުތައް ބަންދުކޮށްފައި ބޭއްވުމާ ގުޅޭގޮތުންނާއި، އޭގެ ސަބަބުން އެމެރިކާގެ ރައްޔިތުންނަށް ކުރާނެ އަސަރު ކުޑަކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރައްވާފައެވެ.
ބުދަ ދުވަހު ޓްރަމްޕް ވަނީ އީރާނުން "ވިސްނުންތެރިވާން ޖެހޭ" ކަމަށް ބުނެ އިންޒާރު ދެއްވާފައެވެ. މީގެ އިތުރުން، މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ދީފައިވާ ހަމަލާތަކުގައި، ކުރިން ހީކުރި ވަރަށް ވުރެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، އެ ތަންތަން މަރާމާތުކުރުމަށް އެތައް ބިލިއަން ޑޮލަރެއް ހޭދަވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާގެ 1973 ވަނަ އަހަރުގެ "ވޯ ޕަވަރސް ރިޒޮލިއުޝަން" ބުނާގޮތުން، ކޮންގްރެސްގެ ހުއްދަނެތި ރައީސަށް އަސްކަރީ ބާރު ބޭނުންކުރެވޭނީ ގިނަވެގެން 60 ދުވަހުގެ މުއްދަތަށެވެ. އެ މުއްދަތު މި ހަފުތާގައި ހަމަވާއިރު، ހަނގުރާމަ ކުރިއަށް ގެންދިއުމަށް ކޮންގްރެސްގެ ރުހުން ހޯދަން ޖެހޭނެއެވެ. މީގެ ކުރިން ސެނެޓުންނާއި ހައުސްއިން ވަނީ މި ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ބައެއް ޤަރާރުތައް ބޭރުކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު