އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ފުރައްސާރަ ނުކުރުމަށާއި، ޕާޓީގެ އެއްބައިވަންތަކަން އިސްކުރުމަށް އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ކުރިމަތިލައްވާފައިވާ މީކާއިލް އަހުމަދު ނަސީމް އޭނާގެ ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންފިއެވެ.
އެމްޑީޕީ ހަރުގޭގައި ބޭއްވި "އިތުބާރު ހަރުގެ ޖަލްސާ" ގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ، މިއީ ޕާޓީގެ އެތެރޭގެ އިންތިޚާބަކަށް ވާތީ، ވާދަވެރި ކެންޑިޑޭޓުންނަށް މަލާމާތްކޮށް ހަޖޫޖެހުމަކީ އޭނާ އެއްގޮތަކަށް ވެސް ބޭނުންފުޅުވާ ކަމެއް ނޫން ކަމަށެވެ.
މީކާއިލް ފާހަގަކުރެއްވި ގޮތުގައި އިންތިޚާބުގެ ފޯރިގަދަ މި ދުވަސްވަރުވެސް އެންމެ ބޮޑު އިސްކަމެއް ދޭންވާނީ ޕާޓީގެ މުސްތަގުބަލަށެވެ.
އިންތިޚާބުގެ ކެމްޕެއިން ނިމުމަށްފަހު ވެސް ޕާޓީގެ ގުޅުން ދަމަހައްޓަން ޖެހޭނެކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނީ ޕާޓީގެ ހުރިހާ މެންބަރުން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކޮށްގެން ކަމަށެވެ.
އެހެންކަމުން، މިހާރު ކުރެވޭ މަލާމާތަކުން ނުވަތަ ފުރައްސާރައަކުން މެންބަރުންގެ މެދުގައި އުފެދޭ ހިތްނުތަނަވަސްކަމަކީ މުޅި ޕާޓީއަށް ލިބޭނެ ގެއްލުމެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
މީގެ އިތުރުން، ޕާޓީގެ ތެރެއިން ވަކި ބަޔަކު ބާކީކޮށް ނުވަތަ އެއްފަރާތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް މީކާއިލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، ޕާޓީގެ ތެރޭގައި އެކަހެރި ކުރުމުގެ ސިޔާސަތެއް ގެންގުޅެފިނަމަ، ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީއަށް އާންމު މެންބަރުން ކުރާ އިތުބާރު ގެއްލިގެންދާނެއެވެ.
އެހެންކަމުން، އެންމެންގެ ބައިވެރިވުން ހިމެނޭހެން، އެކުވެރިކަމާއެކު ކުރިއަށް ދިއުމަކީ ޕާޓީގެ ކުރިމަގަށް އޮތް އެންމެ ރަނގަޅު ގޮތް ކަމުގައި މީކާއިލް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު