އަޅުގަނޑުމެންގެ ތެރެއިން ޒަވާޖީ ހަޔާތް ވޭތުކުރަމުންދާ ދަމަފިރިންގެ ތެރޭގައިވެސް ބައިވެރިޔާގެ ފޯނުގައި ހުންނަ މެސެޖުތަކާއި ފޮޓޯތައް ބަލާލުމުގެ ޝައުގުވެރިކަން ބައެއް ފަހަރު އުފެދުމަކީ ވެދާނެ ކަމެކެވެ. އަނބިމީހާ ކަމުގައިވިޔަސް އަދި ފިރިމީހާ ކަމުގައިވިޔަސް އެފަދަ ޝައުޤުވެރިކަމެއް ހުރެދާނެއެވެ. މިއީ ފަހަރުގައިވެސް ހިތުގައި ޝައްކު އުފެދުމެއް ހުރެގެން ބައެއް މީހުން ކުރަން ޝައުޤުވެރިކަން އުފެދޭ ކަމަކަށް ނުވެދާނެ އެވެ. ނަމަވެސް ކިތަންމެ ހަމަޖެހޭ ދިރިއުޅުމެއް އެކުގައި ހޭދަކުރަމުންއައި ކަމުގައިވިޔަސް ބައެއް މީހުން އެގޮތަށް ސިއްރުން ފޯން ޗެއްކުރަން ބޭނުންވަނީ ހިތުގައި ޝައްކެއް ވަހުމެއް އުފެދިގެންނެވެ.
އެހެންނަމަވެސް މިގޮތަށް ބައިވެރިޔާގެ ފޯނު ސިއްރުން ޗެއްކުރުމުގެ އާޚިރުގެ ނަތީޖާއަށް ވެގެންދަނީ ހަމަޖެހޭ ދިރިއުޅުން މައްސަލަ ބޮޑު ދިރިއުޅުމަށް ބަދަލުވެ އެކަކު އަނެކަކަށް ކުރަމުން އައި އިތުބާރު ގެއްލިގެން ގޮސް އެންމެފަހުން ދެމީހުން ވަކިވާ ހިސާބަށް ކަންތައް ދިޔުމެވެ. މިއީ އަޅުގަނޑުމެންގެ މި ދިވެހި މުޖުތަމަޢުގައި ވަރަށްވެސް އާއްމު ކަމަކަށްވެގެންދިޔުމަކީ ވެދާނެ ކަމަކެވެ. އާބާދީގެ ނިސްބަތުން އެންމެ ވަރި ގިނަ ގައުމުގެ ރެކޯޑް ރާއްޖެ ލިބިފައި އޮތުމަކީ މިދެންނެވި ކަންތައްވެސް އަޅުގަނޑުމެންގެ ތެރޭ އާއްމުކަމަކަށް ވެފައިވުމެވެ.
ނަމަވެސް މިއީ ކިހާވަރެއްގެ ނަތީޖާއެއް ނުކުމެދާނެ ކަމެއްތޯ ބެލުމަށް އިންޓަރނެޓްުގެ ޒަރީއައިން ނަފްސާނީ މާހިރެއްގެ ލަފަޔާއި އިރުޝާދު ތަކަށް ބަލާލީމެވެ.
ބައިވެރިޔާގެ ފޯނު، އޭނައަށް ސިއްރުން ހުޅުވާފައި ނުވަތަ އެއްވެސް މީހެއްގެ ސަމާލުކަމެއް ނެތި ފެންނަ ހިސާބުގައި އޮންނަ ވަގުތުތަކުގައި، އަވަސް އަވަހަށް އެ ފޯނު ނަގައި ހާވައިލަން ހިތަށް އެރުމަކީ ގާތް ކަމެކެވެ. އެންމެ ފިތުމަކުން އޭނާ ވާހަކަދައްކަނީ ކާކާކަމާއި، ދައްކަނީ ކޮން ވާހަކައެއްކަން އަދި ތިބާއަށް އެނގެންޖެހޭ ކަމަށް ގަބޫލުކުރެވޭ ބައެއް ސިއްރުތައް ވެސް ފަޅާއަރައިފާނެ ކަމަށް ހީވެދާނެއެވެ.
ނިއުޔޯކްގެ ނަފްސާނީ އިލްމުވެރިއެއް ކަމަށްވާ ޑރ. އާނެސްޓޯ ލީރާ ޑި ލަ ރޯސާ ވިދާޅުވާ ގޮތުގައި، ވަރަށް ގިނަ ބަޔަކު އެމީހުންގެ ބައިވެރިޔާގެ ޒާތީ މެސެޖުތަކާއި، ފޮޓޯތަކާއި، އީމެއިލް އަދި އިންޓަނެޓް ބްރައުޒިން ހިސްޓްރީ ފަދަ ކަންކަން ސިއްރުން ބަލަން ބޭނުންވެއެވެ. މީގެ މާނައަކީ ތިބާއީ ގޯސް މީހެއް ކަމުގައި ނިންމުމެއް ނޫނެވެ. ބައެއް ފަހަރު ބައިވެރިޔާ ކުރިން ކޮށްފައިވާ ކަމެއްގެ ސަބަބުން އޭނާއަށް އަލުން އިތުބާރު ކުރުމަށްޓަކައި، ނުވަތަ ހަމައެކަނި އޮންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުން "އެންމެ ފަހަރަކު ބަލާލުމަކުން ވާނީ ކީއްތޯ" ހިތަށް އަރާފާނެއެވެ. ނަމަވެސް މިކަމުގެ ސަބަބުން ނުކުންނަ ނަތީޖާ ވަރަށް ހިތްދަތިވެދާނެއެވެ.
އިސްލާމީ ރިވާޖުތަކާއި އުސޫލުތަކަށް ބަލާއިރު، އެކަކު އަނެކަކަށް ފާރަލުމާއި (تجَسُّس)، މީސްމީހުންގެ އަމިއްލަ ސިއްރުތައް ހޯދައި ބެލުމަކީ ދީނީ ގޮތުން ނަހީކުރައްވާފައިވާ ކަމެކެވެ. މިއީ އާއިލީ މަސްލަހަތު ގެއްލި، މީހުންގެ މެދުގައި އޮންނަ އިތުބާރު ކުޑަވާ ކަމެކެވެ.
ޑރ. ލީރާ ވިދާޅުވާ ގޮތުގައި، ފޯނު ބެލުމުން ތިބާއަށް އިތުރު ހިތްހަމަޖެހުމެއް ނުވަތަ ރައްކާތެރިކަމެއް އިހުސާސެއް ނުކުރެވޭނެއެވެ. އެންމެ ރަނގަޅު ހާލަތުގައި ވެސް، ފޯނުން އެއްވެސް މައްސަލައެއް ނުފެނިއްޖެ ނަމަ، ބައިވެރިޔާއަށް ސިއްރުން އެފަދަ ކަމެއް ކުރެވުނީތީ ތިބާ އަމިއްލަ ނަފްސު ކުށްވެރިކުރާނެއެވެ. އަދި ކިރިޔާވެސް ޝައްކު އުފެދޭ ފަދަ ކަމެއް ފެނިއްޖެ ނަމަ، އޭގެ ސަބަބުން ތިބާ އިތުރަށް ނުތަނަވަސްވެ، ދެން އަދި މާ ގިނައިން ފޯނު ބަލަން ބޭނުންވާނެއެވެ.
މީގެ އިތުރުން، ބައިވެރިޔާއަށް ސިއްރުން ފާރަލުމަކީ ދެމީހުންގެ ދެމެދުގައި އޮންނަ ލޯބީގެ ގުޅުމަށް ބޮޑެތި ބުރޫތަކެއް އަރާނެ ކަމެކެވެ. ކޮންމެ ދުޅަހެޔޮ ގުޅުމެއްގައި ވެސް ދެމީހުންގެ ދެމެދުގައި ވަކި އިންތަކެއް ހުންނަން ޖެހެއެވެ. ބައިވެރިޔާ ފޯނު ނުދިނުމަކީ ނުވަތަ ޕާސްވޯޑް ހިއްސާ ނުކުރުމަކީ އޭނާ ކަމެއް ސިއްރުކުރަނީ ކަމަށް ނިންމަންޖެހޭ ސަބަބެއް ނޫނެވެ.
"ކޮންމެ ގުޅުމެއް ކުރިއެރުމަށްޓަކައި ވެސް އިތުބާރަކީ ވަރަށް މުހިންމު އެއްޗެއް. ބައިވެރިޔާއަށް ސިއްރުން އޭނާގެ ފޯނު ބަލައި، އެ އިތުބާރު ފޫއަޅުވާލުމުން އޭނާ ދެރަވެ، މާޔޫސްވާނެ،" ޑރ. ލީރާ ކިޔައިދެއްވިއެވެ. ތިބާ އޭނާއަށް އިތުބާރު ނުކުރާކަން އެނގުމުން، އޭނާ ވެސް ތިބާއަށް އިތުބާރު ކުރަން އުނދަގޫވާނެއެވެ. މިކަމުގެ ސަބަބުން ދެމީހުންގެ ދެމެދުގައި އޮންނަ ގާތްކަން ކުޑަވެ، ގުޅުން ހީނަރުވެގެންދެއެވެ.
އެހެންކަމުން، ބައިވެރިޔާގެ ފޯނު ހާވައިލަން ހިތަށް އަރާ ވަގުތު، އެފަދަ އިހުސާސެއް ކުރެވެނީ ކީއްވެގެންތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލާށެވެ. ތިބާގެ ހިތުގައި ބިރުވެރިކަމެއް ނުވަތަ ނުތަނަވަސްކަމެއް އުޅެނީ ހެއްޔެވެ؟ މިކަމުގެ އަސްލު ސަބަބު ދެނެގަނެވުމުން، ބައިވެރިޔާއާ އެކު އެކަމާ ބެހޭގޮތުން ހާމަކަން ބޮޑު ގޮތެއްގައި ވާހަކަދެއްކުން މާ ބުއްދިވެރިއެވެ.
މިސާލަކަށް، "އަހަރެމެންގެ ގުޅުމާ މެދު އަހަރެން ބައެއް ފަހަރު ކަންބޮޑުވޭ" ފަދަ ބަސްތަކުން ވާހަކަ ފަށައިގެން ދެމީހުންގެ ދެމެދުގައިވާ ނުތަނަވަސްކަން ހައްލުކުރެވިދާނެއެވެ. އިސްލާމީ ރިވާޖަކީވެސް އެކަކު އަނެކަކަށް ތެދުވެރިވުމާއި، އޯގާތެރިކަމާއެކު މުއާމަލާތް ކުރުމެވެ.
ނިންމާލަމުން ބުނެވޭނީ، ތިބާއަށް ހަގީގަތުގައި ބޭނުންވަނީ ބައިވެރިޔާގެ ފޯނަށް ވަދެވޭނެ ގޮތެއް ނޫނެވެ. އޭގެ ބަދަލުގައި ބޭނުންވަނީ އޭނާގެ ފަރާތުން ލިބޭ ޔަގީންކަމާއި އިތުބާރެވެ. އަދި ބައިވެރިޔާއަށް ސިއްރުން ފާރަލުމުގެ ބަދަލުގައި، ހާމަކަން ބޮޑު ގޮތެއްގައި ދެމީހުން ވާހަކަދައްކައިގެން ކަންކަން ހައްލުކުރުމުން ލިބޭ ހިތްހަމަޖެހުން މާ ބޮޑުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު