މިމަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަކޮށް އދ. މަންދޫ ކައުންސިލްގެ އަންހެން މެންބަރުކަމުގެ ގޮނޑި ކާމިޔާބު ކުރެއްވި ޝަހީމާ ޝިހާބު، ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއިކޮށްފިއެވެ.
ޕީއެންސީން މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވަނީ މިކަން ރަސްމީކޮށް އިޢުލާން ކުރައްވާފައެވެ.
ފަލާހު ވިދާޅުވީ، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވައި ގޮނޑި ކާމިޔާބު ކުރެއްވި ޝަހީމާ ޕީއެންސީއާ ގުޅިވަޑައިގަތުމަށް ނިންމެވުމަކީ ޕާޓީއަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ. އަދި ޝަހީމާގެ މި ނިންމުމަށް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައިވާ ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
ޕީއެންސީއަށް ސޮއިކުރެއްވުމަށްފަހު ޝަހީމާ ވިދާޅުވީ، އޭނާ އެމްޑީޕީ ދޫކޮށް ސަރުކާރު ހިންގާ ޕާޓީއާ ގުޅެން ނިންމީ މަންދޫގެ ތަރައްޤީއަށްޓަކައި ސަރުކާރާއެކު ގާތުން މަސައްކަތް ކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި އޭނާއަކީ އަބަދުވެސް ރަށުގެ ކުރިއެރުމާއި ތަރައްޤީއަށް އިސްކަންދޭ މީހެއް ކަމަށާއި، މި ނިންމުމަކީ ރަށުގެ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމަށް ގަބޫލުކުރަށްވާތީ ނިންމެވި ނިންމުމެއް ކަމަށްވެސް ޝަހީމާ ފާހަގަކުރެއްވިއެވެ.
މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ބައި-އިލެކްޝަންގައި މަންދޫ ކައުންސިލްގެ އަންހެން ގޮނޑި ޝަހީމާ ކާމިޔާބު ކުރެއްވީ 150 ވޯޓު ހޯއްދަވައިގެންނެވެ. އެ އިންތިޚާބުގައި ޝަހީމާއާ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް އައިޝަތު ޝެހެނާޒަށް ލިބިވަޑައިގަތީ 112 ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު