ކުޅުދުއްފުށީ ސިޓީގައި ރުކަކުން ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ފެމުންދަނިކޮށް ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ހދ. ނޭކުރެންދޫ، ކާމިނީގެ، ޙުސައިން ޝިފާޒް (36އ) އެވެ. އޭނާ ނިޔާވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. ދެ ހޮސްޕިޓަލުގައިވެސް އޭނާއަށް ފަރުވާ ދީފައިވަނީ ވެންޓިލޭޓަރުގެ އެހީގައެވެ.
މި ހާދިސާ ހިނގާފައިވަނީ މި އެޕްރީލް މަހުގެ 17 ވަނަ ދުވަހު ކުޅުދުއްފުށީގައެވެ.
ޝިފާޒް ރުކުން ވެއްޓުނީ ކުޅުދުއްފުށީ ހިރަފުސް ދަނޑުގެ އިރުމަތި ފަރާތުގައި ހުރި ރުއްތަކެއް ސާފުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވެއްޓިފައިވަނީ 70 ވަރަކަށް ފޫޓު އުސް ރުކަކުންނެވެ.
މި ހާދިސާގައި ޝިފާޒަށް ލިބުނު އަނިޔާތަކުގެ ސަބަބުން އޭނާގެ ހާލަތު ވަރަށް ނާޒުކުވެ، މާލެ ބަދަލުކޮށްފައިވަނީ ސީރިއަސް ހާލަތެއްގައި އޮއްވައެވެ.

ކިޔުންތެރިންގެ ހިޔާލު