ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް އިސްވެ ހުންނަވައިގެން އުފައްދާފައިވާ ޕީޕަލް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން މާލޭގެ މަގުމަތީގައި ސިލްސިލާކޮށް ބާއްވަމުންދާ ހަރަކާތްތަކުގެ ސަބަބުން މުޖުތަމައުގައި ނަފްރަތާއި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ކަމަށް ބުނެ، އެފަދަ ކަންކަން ހުއްޓާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ޕާޓީއަށް އަންގައިފިއެވެ.
ރައީސް ޔާމީނަށް އެޑްރެސްކޮށް އީސީން ފޮނުވި ސިޓީއެއްގައި ވަނީ، ސިޔާސީ ހަރަކާތްތައް ހިންގުމުގައި ގާނޫނީ އިމުގެ ތެރެއިން އަމަލުކުރުމަށް އިލްތިމާސް ކޮށްފައެވެ.
އީސީން މިފަދަ އެންގުމެއް އަންގާފައި މިވަނީ، 'އަދަދު' ނޫހުން މިދިޔަ މަހުގެ ފަހުކޮޅު ގެނެސްދިން ޑޮކިއުމަންޓަރީއެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރި ފަހުން، ޕީއެންއެފްގެ މުޒާހަރާތަކުގައި އެ ވާހަކަތައް ތަކުރާރުކޮށް ދައްކަމުންދާ ދަނޑިވަޅެއްގައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ސިޓީގައި ވަނީ، ޕީއެންއެފްގެ އެއްވުންތަކުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ވާހަކަ ދައްކަމުންދާ ކަމަށާއި، މިއީ ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ކަނޑައެޅިގެން ހިލާފު ކަމެއް ކަން ފާހަގަ ކޮށްފައެވެ. އެހެންކަމުން، ސިޔާސީ ޕާޓީތަކުގެ ވެރިންނާއި މެންބަރުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ފާޑުކިޔައި، މީހުންގެ އަބުރަށް އަރައިގަތުން ފަދަ އަމަލުތައް ނުހިންގުމަށް ކޮމިޝަނުން ވަނީ އަންގާފައެވެ.
މީގެ އިތުރުން، މުޖުތަމައުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމުގެ އިތުރުން، ހަގީގަތާ ހިލާފު ސާބިތުނުހިފޭ ވާހަކަތައް ފެތުރުން ހުއްޓާލުމަށްވެސް އީސީގެ ސިޓީގައި އިލްތިމާސް ކޮށްފައިވެއެވެ.
އަދި ގާނޫނުން ހުއްދަކުރާ ދާއިރާއިން ބޭރުގައި، މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ އާންމު ބައްދަލުވުންތަކާއި ހަރަކާތްތައް ނުބޭއްވުމަށްވެސް އީސީން ވަނީ އަންގާފައެވެ. ކޮމިޝަނުން ބުނީ ގާނޫނާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދާ ކޮންމެ ސިޔާސީ ހަރަކާތަކަށްވެސް އެ ކޮމިޝަނުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މީޑިއާ ކައުންސިލުންވެސް ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، ޕީއެންއެފްގެ މުޒާހަރާގެ މަންޒަރުތައް ލައިވްކޮށް ދައްކަމުންދިޔަ ޗެނަލް 13 އަށް، އެ މަންޒަރުތައް ދެއްކުން ހުއްޓާލުމަށް އިއްޔެ ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު