މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުން އަހުމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފް ވަކިކޮށްފިއެވެ.
ޝަރީފަކީ ކުރީގެ ސަރުކާރުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ނަން- އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު އަދާކުރަށްވާފައިވާ ބޭފުޅެކެވެ. އޭނާ މަޤާމުން ވަކިކޮށްފައިވަނީ މިއަދު އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ވަޒީފާގެ އެއްބަސްވުން ބާތިލުކޮށް، މަޤާމުން ވަކިކޮށްފައިވަނީ، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމަށް ޕީސީބީން ދީފައިވާ އިރުޝާދުގެ ދަށުންނެވެ.
ޝަރީފް މަޤާމުން ވަކިކޮށްފައިވާއިރު މިދިޔަ ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބަށްފަހު، ސަރުކާރުގެ މަތިފަޑިއަށް ދަނީ އެކި ބަދަލުތައް ގެންނަމުންނެވެ.
އެގޮތުން ކެމްޕެއިނަކާ ގުޅިގެން ނުވަތަ އެހެން ކަމަކާ ގުޅިގެން ވިޔަސް ސިޔާސީ ވަޒީފާ ދިނުން މިހާރު ހުއްޓާލާފައިވާ ކަމަށާއި، ދެން އެކަން ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުޢިއްޒުވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު