ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ވަރަށް ފުޅާދާއިރާއެއްގައި އެބައޮތް ކަމަށާއި، ނޫސްވެރިން ބޭނުންވާ ކޮންމެ އެއްޗެއް ލިޔުމުގެ ފުރުސަތު މިއަދު އޮތްކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، ނޫސްވެރިކަމުގެ މިނިވަންކަން އޮތް ނަމަވެސް، އެކަން ކުރަންވާނީ ޒިންމާދާރުކަމާއެކުކަން ފާހަގަކުރެއްވިއެވެ. ވަކިން ހާއްސަކޮށް، ހަބަރު ފަތުރާ ފަރާތްތަކުގެ ހައްގުތަކެއް އޮންނަ ފަދައިން، އެ ހަބަރެއް ރައްދުވާ ފަރާތްތަކުގެވެސް ހައްގުތަކެއް ވާކަން ހަނދާންކުރަންޖެހޭ ކަމަށް ސައީދު ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ ބައެއް ނޫސްތަކުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށާއި އެމަނިކުފާނުގެ އާއިލާއަށް އަމާޒުކޮށް، ލިޔާ މީހާ ނޭނގޭ ގޮތަށް ފަތުރަމުންދާ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. ސައީދު ވިދާޅުވީ ދިވެހި ނޫސްވެރިންނަކީ އެފަދަ ދަށު ދަރަޖައަކަށް ވެއްޓެންޖެހޭނެ ބައެއް ނޫން ކަމަށާއި، އަނެކާއަށް އިހްތިރާމް ކުރުމަކީ މުސްލިމް މުޖުތަމައެއްގައި އޮންނަންޖެހޭނެ މިންގަނޑެއް ކަމަށެވެ.
އިގްތިސާދީ އަދި އިޖްތިމާއީ ކަންކަމުގައި ފާޑުކިޔުމާއި ބަހުސްކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ފިލާ ތިބެގެން މީހުންގެ އަބުރާ ބެހުމަކީ އެއްވެސް ގައުމެއްގައި ހުއްދަ ކަމެއް ނޫން ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ކުޑަކުދިންނަށް އަމާޒުކޮށް ކުރާ ފުރައްސާރައަށް އިޝާރާތް ކުރައްވައި، އަމިއްލަފުޅު ދަރިފުޅަށާއި ރައީސްގެ ބޭފުޅުންނަށް ކުރިމަތިވި މިފަދަ ނާތަހުޒީބު އަމަލުތަކުގެ ސަބަބުން އެ ކުދިންގެ ހައްގުތައް ގެއްލިގެންދާ ކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާއަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާކަމަށް ވީހިނދު، އެމަނިކުފާނާ ސުވާލުކުރުމުގެ ޖާގަ އޮތް ނަމަވެސް، އޭގެ ބަދަލުގައި އަހުލާގީ މިންގަނޑުން ބޭރުވެ އާއިލާތަކަށް މަގުމައްޗަށް ނިކުމެ އުޅެން ދަތިވާ މިންވަރަށް ކަންކަން ގެންދިއުމަކީ މިނިވަންކަން ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ބައެއް ސިޔާސީ ހަރަކާތްތަކާއި މުޒާހަރާތަކުގައި ގެންގުޅޭ އަހުލާގީ މިންގަނޑުތަކާމެދު ސައީދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ސިޔާސީ ޕާޓީތަކުގެ ވެރިން މިފަދަ ކަންކަމާ މެދު އަމިއްލައަށް ފިކުރުކޮށްލަން ޖެހޭ ކަމަށާއި، ރާއްޖޭގައި މިނިވަންކަން އޮތް ނަމަވެސް އެ މިނިވަންކަން ބޭނުންކުރަންވާނީ މުޖުތަމައުގެ އަދަބުތަކުގެ ތެރެއިން ކަމަށް ވިދާޅުވެ މިނިސްޓަރުގެ ވާހަކަފުޅު ނިންމާލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު