ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައި އުފައްދަވާފައިވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން މާލޭގައި ސިލްސިލާކޮށް ބާއްވަމުންދާ މަގުމަތީ ހަރަކާތްތަކުގެ ލައިވް ކަވަރޭޖު މެދުކަނޑާލުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ޗެނަލް 13 އަށް އަންގައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ކޮންޓްރޯލް ކޮމިޝަނުން މިގޮތަށް އެންގީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. އެއީ ކޮން މައްސަލައެއްކަން ކޮމިޝަނުން މިހާތަނަށް ހާމަކޮށްފައި ނުވި ނަމަވެސް، އެ މައްސަލައާ މެދު ވަކި ގޮތެއް ނިންމަންދެން މުޒާހަރާގެ ލައިވް ކަވަރޭޖު ކުރިއަށް ނުގެންދިއުމަށް ވަނީ އަންގާފައެވެ.
މިއީ ޗެނަލް 13 ގެ ބްރޯޑްކާސްޓިންއަށް މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ބްރޯޑްކާސްޓިން ކޮމިޝަނުން ބެލި މައްސަލައަކާ ގުޅިގެން 2025 ސެޕްޓެމްބަރު 17 ވަނަ ދުވަހު ވެސް އެ ޗެނަލްގެ ބްރޯޑްކާސްޓް ދެ ގަޑިއިރަށް މެދުކަނޑާލަން ޖެހުނެވެ. އަދި ހަމަ އެ އަހަރުގެ އޮގަސްޓް މަހު، ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް ލައިވް ކުރަން ތައްޔާރުވެފައި ވަނިކޮށް، އެކަން ހުއްޓާލުމަށް ވެސް ކޮމިޝަނުން އަމުރުކޮށްފައިވެއެވެ.
ޕީއެންއެފްގެ މި ހަރަކާތްތައް މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ މަޖީދީމަގު ކޮޅުގައި އޮންނަ އާޓިފިޝަލް ބީޗު ސަރަހައްދުގައެވެ. މި މުޒާހަރާތަކުގެ ތެރެއިން އެއް ރެޔަކު މަގުމަތީގައި ބޭންދި ސޯފާއެއް ވެސް ފުލުހުން ވަނީ ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު