ދިވެހިރާއްޖޭގެ ދެކުނުގެ ރަށެއްގައި، އޭނާގެ ފަހަރި ކައިރިއަށް ބަރަހަނާ ހާލުގައި ދިޔަ މީހަކު އެއް މަހާއި 18 ދުވަހަށް ޖަލަށްލުމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މި މައްސަލައިގައި ދައުވާ ލިބޭ ދިވެހި ފިރިހެންމީހާ، އޭނާގެ އެއްބަނޑު އެއްބަފާ ބޭބެގެ އަންހެނުން (ފަހަރި) ގޭގެ ބަދިގޭގައި މަސައްކަތް ކުރަން އުޅެނިކޮށް، އޭނާގެ ކުރިމައްޗަށް ގޮސްފައިވަނީ އެއްވެސް ފޭރާމެއްނެތި ބަރަހަނާ ހާލަތުގައެވެ.
މި މައްސަލައިގައި ދައުލަތުން އެ މީހާގެ މައްޗަށް އުފުލާފައިވަނީ ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާއެވެ. މިއީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ދަށުން "ބޭއަދަބީ އަމަލު ހިންގުން" ކުށްވެރިކުރާ މާއްދާއެވެ. އާންމު ތަނެއްގައި ނުވަތަ އެހެން މީހަކަށް ފެންނާނެ ފަދަ ގޮތަކަށް ޖިންސީ ގުނަވަން ހާމަކުރުމަކީ މި މާއްދާގެ ދަށުން މަނާކަމެކެވެ.
މި މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާ ލިބޭ ފަރާތުން ކުށަށް އިއުތިރާފުވެފައިވާތީ، މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައެވެ. މައްސަލަ ބެއްލެވި މެޖިސްޓްރޭޓް ނެރުއްވި ހުކުމުގައި ވިދާޅުވެފައިވަނީ، ޖުނަހްގެ އެއްވަނަ ދަރަޖައިގެ މި ކުށް އިއުތިރާފުން ސާބިތުވާތީ، ގާނޫނުގައިވާ ގޮތުގެ މަތިން އޭނާއަށް އަދަބުގެ ލުއި ދީފައިވާ ކަމަށެވެ.
އެގޮތުން، މި ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކަމަށްވީ ނަމަވެސް، ކުށަށް އިއުތިރާފުވުމުން އަދަބު އެއް ދަރަޖަ ލުއިކޮށް، ކޯޓުން ކަނޑައެޅީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.
މީގެ އިތުރުން، މި މައްސަލައިގެ ތަހުގީގު މަރުހަލާގައި އޭނާ ދެ މަސް ދުވަހު ބަންދުގައި ހޭދަކޮށްފައިވާތީ، ގާނޫނީ އުސޫލުތަކުގެ ދަށުން އެ މުއްދަތު ވަނީ ހުކުމުން އުނިކޮށްފައެވެ. އެހެންކަމުން، މި އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ އެއް މަހާއި 18 ދުވަހުގެ ޖަލު އަދަބެކެވެ.

ކިޔުންތެރިންގެ ހިޔާލު