ބަންގްލަދޭޝްގެ އެކި ސަރަހައްދުތަކަށް މި ދުވަސްވަރު ކުރަމުންދާ ގަދަ ވިއްސާރައިގެ ތެރޭގައި ހޮނުއެޅުމުގެ ސަބަބުން 14 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެއެވެ.
"ކަލްބައިޝާކީ" ނުވަތަ "ނޯވެސްޓާސް" ގެ ނަމުން މަޝްހޫރު މި ތޫފާނީ ވިއްސާރަ ކުރިމަތިވީ އާދީއްތަ ދުވަހުގެ ރޭގަނޑުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށެވެ.
މި ވިއްސާރައިގެ ސަބަބުން ގައުމަށް ކުރިމަތިވެފައިވާ ގަދަ ހޫނަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނު ނަމަވެސް، ހޮނުއެޅުމާއި ގަސްތައް ވެއްޓުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ބޭރުގައި މަސައްކަތް ކުރަން އުޅުނު ދަނޑުވެރިންނާއި ދަތުރުވެރިންނެވެ. މި ހާދިސާތައް ހިނގާފައިވަނީ ބަންގްލަދޭޝްގެ ހަތް ޑިސްޓްރިކްޓަކުންނެވެ.
ގާއިބަންދާ ޑިސްޓްރިކްޓުން ފަސް މީހުން މަރުވިއިރު، އޭގެ ތެރޭގައި ދަނޑުވެރިންނާއި ގެރިކަނޑާ ކުދިން ހިމެނެއެވެ. ޖަމާލްޕޫރުގައި ގެއެއްގެ މައްޗަށް ގަހެއް ވެއްޓި މައަކާއި އޭނާގެ ދެ އަންހެން ދަރިން ވަނީ މަރުވެފައެވެ. ތާކުރުގާއޯންގައި ދަނޑުވެރިކަމުގެ މަސައްކަތް ނިންމާފައި އެނބުރި އަންނަނިކޮށް ދެ މަސައްކަތްތެރިން މަރުވެފައިވާއިރު، ސިރާޖްގަންޖްގައި ދަނޑުވެރިކަމުގެ މަސައްކަތުގައި އުޅެނިކޮށް ހޮނުއެޅުމުގެ ސަބަބުން ދެ މީހަކު ވަނީ މަރުވެފައެވެ. މީގެ އިތުރުން ޕަންޗަގަރުގައި 22 އަހަރުގެ ސައިފަތް ދަނޑުވެރިއަކު މަރުވެފައިވާއިރު، ނާޓޯރޭ އަދި ބޯގުރާ އިން ވެސް ހޮނުއެޅުމުގެ ސަބަބުން މީހުން މަރުވި ކަމުގެ ރިޕޯޓުތައް ވަނީ ލިބިފައެވެ.
ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި، ހާމަ ތަންތަނުގައި މަސައްކަތް ކުރަން އުޅުމާއި ކުއްލިއަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރަށްފުށުގެ އާބާދީތަކަށް އޮންނަ ނުރައްކާ ބޮޑެވެ. ބަންގްލަދޭޝް މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (ބީއެމްޑީ) އިން ހަ ގަޑިއިރު ކުރިން އިންޒާރު ދެމުން ދިޔަ ނަމަވެސް، ގިނަ ބަޔަކު އިންޒާރުގެ ވަގުތުގައި ވެސް ބޭރުގައި އުޅޭކަން ވަނީ ފާހަގަކުރެވިފައި ވާކަމަށް ރިޕޯޓުތަކުގައި ވެއެވެ.
ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، ޖަންގަލިތައް ހަލާކުކޮށް އުސް ގަސްތައް ކަނޑާލުމުގެ ސަބަބުން، ހޮނު ދަމައިގަންނާނެ ގުދުރަތީ ވަސީލަތްތައް މަދުވެ، ހާމަ ދަނޑުތަކުގައި އުޅޭ މީހުންނަށް އޮންނަ ނުރައްކާ ވަނީ އިތުރުވެފައެވެ. އަދި ހޫނުމިން މަތިވުމާއި ވައިގެ ތެތްކަން އިތުރުވުމުގެ ސަބަބުން ގުގުރުމުގެ ހާދިސާތައް ކުރިއަށްވުރެ ގިނަވެ، ބާރުގަދަވަމުންދާ ކަމަށް ވެސް އެ ފަރާތްތަކުން ބުނެއެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ ކަރަންޓުގެ ހިދުމަތަށް ބުރޫ އެރި ނަމަވެސް، އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ. ނަމަވެސް ކައިރިއަށް ހޮނުއެޅުމުގެ ސަބަބުން ޔުނިވަރސިޓީގެ ދެ ދަރިވަރަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނު ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެގައުމުގެ ކާރިސާތަކާ ބެހޭ އިދާރާތަކުން ވަނީ "30-30" އުސޫލަށް އަމަލުކުރުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. އެއީ ހޮނުއަޅާތަން ފެނި، 30 ސިކުންތު ތެރޭގައި ގުގުރި އަޑު އިވިއްޖެނަމަ ރައްކާތެރި ތަނަކަށް ވަނުމަށާއި، އެންމެ ފަހުން ގުގުރި އަޑު އިވޭތާ 30 މިނެޓު ވަންދެން ބޭރަށް ނުނިކުމެ މަޑުކުރުމެވެ. ބީއެމްޑީން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެކި ސަރަހައްދުތަކަށް ގުގުރުމާއެކު ވާރޭވެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު