ވިއްސާރަ ދުވަހެއް-
ވިއްސާރަ ދުވަހެއް-
ރާއްޖޭގެ ދެކުނާއި މެދު ރާއްޖެތެރޭގެ ރަށްރަށަށް ކުރިއަށް އޮތް ފަސް ދުވަހު ވެސް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ލަފާކޮށްފިއެވެ.

މެޓް އޮފީހުން ހާމަކުރި ގޮތުގައި، ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށް ބެލެވުނު ނަމަވެސް، އުތުރުގެ ރަށްރަށަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެއެވެ.

ބައެއް ހިސާބުތަކަށް ވިއްސާރަ ކުރި ނަމަވެސް، ވައިގަދަވެ، ކަނޑުތައް އާދަޔާ ހިލާފަށް ގަދަވާނެ ކަމަށް ލަފާނުކުރެވޭ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

މި ދުވަސްވަރަކީ ހުޅަނގު މޫސުން ފެށެން ކައިރިވެފައިވާ ދުވަސްވަރަކަށް ވުމާއެކު، އާންމު ގޮތެއްގައި މެއި މަހުގެ ކުރީކޮޅުން ފެށިގެން ރާއްޖެއަށް ވިއްސާރަ ކުރަން ފަށައެވެ. މޫސުމީ ބަދަލުތަކަށް ބަލާއިރު، ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި އެންމެ ފުރަތަމަ ކުރަން ފަށަނީ ދެކުނުގެ އަތޮޅުތަކަށެވެ.

ރާއްޖޭގެ މޫސުން މި ދުވަސްވަރު ބަދަލުވަމުންދާތީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުންނާއި އާންމުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިރުޝާދު ދެއެވެ.



ކިޔުންތެރިންގެ ހިޔާލު