މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަކީ އެއްވެސް ހަމައެއް އުސޫލެއް ނެތް، ބޮއްސުންލާފައިވާ ތަނެއްގެ ގޮތުގައި ސިފަކުރަށްވައި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު އެ ކުންފުނީގެ މެނޭޖްމަންޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޖަމީލް މިފަދައިން ފާޑުވިދާޅުވީ، އެމްއޭސީއެލްގައި ގޭގައި ތިބެގެން މަސައްކަތްކުރާ ނުވަތަ 'ވޯކް ފްރޮމް ހޯމް' މުައްޒަފުން ތިބި ނަމަވެސް، އެއީ ކިހާ އަދަދެއްގެ ބައެއްކަން އެނގިވަޑައި ނުގަންނަވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ، އެމްއޭސީއެލްގައި ވަކި ބަޔަކަށް ވަޒީފާ ދީފައިވަނީ އެއްވެސް މަސައްކަތެއް ނުކުރުވައި، ހަމައެކަނި މުސާރަ ދިނުމަށްކަން މިހާރު ހާމަވެފައިވާ ކަމަށެވެ. އަދި އެ ކުންފުނީގެ ތެރޭގައި ޖުޑިޝަލް ޑިޕާޓްމަންޓެއް ފަދަ ތަނެއް ހިންގަމުންދާ ކަމަށާއި، އެތަނުގައި ކުރީގެ ގާޟީންނާއި މީޑިއާގެ ނަމުގައި އެތައް ބަޔަކު ވަޒީފާތަކުގައި ތިބި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
"އެވަރުންވެސް މުޅިތަން އޮތީ ބޮއްސުންލާފައި. ލިފުޓާއި، ލަގޭޖް ބެލްޓާއި، އެސްކަލޭޓަރުގެ އިތުރުން ހުރިހާ ވަސީލަތްތަކެއް ހުންނަނީ އަބަދު ހަލާކުވެފައި. އެތަން ބާދަގަނޑަށް ވެއްޖެ،" އެއާޕޯޓުގެ ޚިދުމަތްތަކުގެ ފެންވަރު ދަށްވުމާ ގުޅޭގޮތުން ޖަމީލް ވިދާޅުވިއެވެ.
ކުންފުނީގެ އިސްވެރިންނަށް އިޝާރާތް ކުރައްވަމުން ޖަމީލް ވިދާޅުވީ އެމްޑީ ޝަރީފާއި، ލައްމާނާއި މުޖްތަބާ ތިއްބެވީ "ވެހޭތާ ފެންނަގަން" ކަމަށެވެ. އަދި ޝަރީފްގެ ތަނަވަސްކަމާ މެދުވެސް ޖަމީލް ވަނީ ސުވާލު އުފައްދަވާފައެވެ.
ޖަމީލްގެ ޕޯސްޓް ނިންމަވާލައްވާފައިވަނީ އިންޒާރަކުންނެވެ. އޭނާ ވިދާޅުވީ ވަގުތު ޖެހެމުންދާކަން ހަނދާން ބަހައްޓަންޖެހޭ ކަމަށާއި، ކުރިއަށް އޮތް ވެރިކަމެއްގައި ދޫނިދޫ ޖަލުވެސް މިއަދުގެ ވެރިންނާ ހެދި "ބިޒީ" ވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު