އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން އޭޝިއާގެ މައިގަނޑު ބާޒާރުތަކަށް، ހާއްސަކޮށް ދެކުނު ކޮރެއާގެ 'ކޮސްޕީ' އަދި ޖަޕާނުގެ 'ނިކޭ' އަށް މާބޮޑު ނޭދެވޭ އަސަރެއް ކޮށްފައެއް ނުވެއެވެ.
މީގެ ކުރިން ރިޕޯޓްކޮށްފައިވާ ފަދައިން، އިސްލާމްއާބާދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސުލްހައިގެ މަޝްވަރާތަކުގެ ދެވަނަ ބުރު ކުރިއަށް ނުދިއުމުގެ ސަބަބުން ސިޔާސީ ގޮތުން ނުތަނަވަސްކަން ވަނީ އުފެދިފައެވެ. އަދި ހޯރްމުޒް ކަނޑުއޮޅީގައި ދެފަރާތުން ވެސް އުޅަނދުފަހަރު ހިފަހައްޓައި، ބްލޮކޭޑްތައް ކުރިއަށް ގެންދިޔަ ނަމަވެސް، އިންވެސްޓަރުން މިކަންކަމަށް މާބޮޑު ސަމާލުކަމެއް ނުދޭކަން ފާހަގަކުރެވެއެވެ.
މި ސަރަހައްދުގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އަދިވެސް ދެމިއޮތްއިރު، ސިޔާސީ ހައްލެއް ހޯދުމުގެ މަސައްކަތްތައް މުޅިން ހުއްޓުމަކަށް ނާދެއެވެ.
ނިމިދިޔަ ހަފުތާ ބަންދުގައި އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވަނީ އިސްލާމްއާބާދަށް ވަޑައިގެން، އެމެރިކާއާއެކު ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދާނެ އޮނިގަނޑެއް ހުށަހަޅުއްވާފައެވެ. އޭގެ ފަހުން އެމަނިކުފާނު ވަނީ އޮމާނަށް ޒިޔާރަތްކުރައްވާފައެވެ.
އަދި ގަލްފާއި އަރަބި ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރެއްވުމަށްފަހު، މިއަދު އެމަނިކުފާނު ވަނީ ރަޝިޔާއަށް ވަޑައިގަތުމަށް ހަމަޖެހިފައެވެ. މި ހަރަކާތްތަކުގެ ސަބަބުން ބާޒާރަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފައިވާއިރު، އިންވެސްޓަރުން މިހާރު ބޮޑަށް ސަމާލުކަން ދެނީ އާޓިފިޝަލް އިންޓެލިޖެންސް (AI) ސިނާއަތަށް އަންނަމުންދާ ބޮޑު ކުރިއެރުމަށެވެ. މީގެ ސަބަބުން ޖަޕާނުގެ ނިކޭ އިންޑެކްސް ވަނީ 60,000 އަށްވުރެ މައްޗަށް އަރައި، ތާރީޚީ ރެކޯޑެއް ގާއިމުކޮށްފައެވެ. މިއީ ކުރީ ދުވަހާ އަޅާބަލާއިރު 0.65 އިންސައްތައިގެ ކުރިއެރުމެކެވެ.
ހަމައެއާއެކު، މީގެ ގަޑިއެއްހާއިރު ކުރިން ދެކުނު ކޮރެއާގެ ކޮސްޕީ އިންޑެކްސް ވެސް ވަނީ 6,551.14 އަށް އަރާފައެވެ. މިއީ ކުރީ ދުވަހުގެ މާކެޓާ އަޅާބަލާއިރު 1.21 އިންސައްތައިގެ ކުރިއެރުމެކެވެ.

ކިޔުންތެރިންގެ ހިޔާލު